ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި މިފްކޯގެ އައިސްޕްލާންޓުތައް އަލުން މިފްކޯގެ ދަށަށް ގެނެސްފިއެވެ.
ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި 14 އައިސްޕްލާންޓު މިފްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހުއެވެ. މިފްކޯގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ ޑރ. ވައިޓަލީ ލިއުބިމޯވެއެވެ.
- ހއ. އިހަވަންދޫ އައިސްޕްލާންޓް 50 ޓަނު
- ނ. ޅޮހީ އައިސްޕްލާންޓް 25 ޓަނު
- ރ. އަލިފުށީ އައިސްޕްލާންޓް 25 ޓަނު
- ބ، ތުޅާދޫ އައިސްޕްލާންޓް 25 ޓަނު
- ފ. ފީއަލީ އައިސްޕްލާންޓު 26 ޓަނު
- ފ. ނިލަންދޫ އައިސްޕްލާންޓު 25 ޓަނު
- ތ. ހިރިލަންދޫ (އައިސް ޕްލާންޓް - 1) 25 ޓަނު
- ގއ. ދާންދޫ އައިސްޕްލާންޓު 25 ޓަނު
- ގއ. ދެއްވަދޫ އައިސްޕްލާންޓު 25 ޓަނު
- ގއ. ގެމަނަފުށި އައިސްޕްލާންޓު 25 ޓަނު
- ގއ. ކޮލަމާފުށި އައިސްޕްލާންޓު 25 ޓަނު
- ގދ. ފަރެސްމާތޮޑާ އައިސްޕްލާންޓު 25 ޓަނު
- ގދ. ފިޔޯރީ އައިސްޕްލާންޓު 25 ޓަނު
- ސ. ހިތަދޫ އައިސްޕްލާންޓު 25 ޓަނު
މިފްކޯއިން ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެ ޕްލާންޓުތައް އަލުން އޮޕަރޭޝަނަށް ގެނައުމަށް އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖިއަރިން ޓީމްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިއީ، މިފްކޯގެ ގާބިލްކަން ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް،" މިފްކޯއިން ބުންޏެވެ.
މިފްކޯއާ އައިސްޕްލާންޓުތައް ހަވާލުކޮށްފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު އަހަރުއެވެ. މެއިންޓަނެންސް ނުކުރެވުމުގެ ސަބަބުން ގިނަ އައިސްޕްލާންޓްތައް މިހާރު ހުރީ ބޭނުންކުރެވޭ ހާލަތުގައެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު