އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓައި، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލި މީހާގެ ބަންދަން ކުރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކު، ދިގުވާނޑު. ބަނަފްސާގެ، ހުސައިން އަރީޝް 31 އެވެ.
އޭނާ ހައްޔަރުކުރީ ފިލަން މެލޭޝިއާއަށް ދިއުމަށްފަހު މިމަހު 13 ވަނަ ދުވަހު ރާއްޖެ އައުމާ އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ފުލުހުން ބުނީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވަނިކޮށް މެލޭޝިއާއަށް ދިއުމުން އެ ގައުމުން އޭނާ ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނެސްގެން ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އަރީޝަކީ، ޑްރަގާއި އަނިޔާއެއް ދިނުމާއި ތޫނު ހަތިޔާރު ގެންގުޅުމުގެ 28 ކުށުގެ ރެކޯޑް އޮތް މީހެކެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހަކަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އޭގެ ތެރެއިން މަރުތޭލުން އެ މީހާގެ ބޮލުގައި ޖެހީ ސައިކަލުގެ ފަހަތުގައި އިށީނދެގެން އިން އަރީޝްއެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ވަނީ ޖަހައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު