ރޯދަ މަހަށް ތައްޔާރުވުމަށް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް އިން މާލޭގެ ހަތަރު މިސްކިތެއްގައި ވަށާފާރުގައި ކުލަލުމުގެ ހަރަކާތެއް ހިންގައިފިއެވެ.
އެ ހަރަކާތުގައި ބޭންކުގެ 100 އެއްހާ މުވައްޒަފުން ނުކުމެ ވަނީ ހަތަރު މިސްކިތެއްގައި ކުލަލައިދީފައެވެ. އެ މިސްކިތްތަކަކީ:
- މާލޭ ހުކުރު މިސްކިތް
- ދަރުމަވަންތަ ރަސްގެފާނު މިސްކިތް
- މަސްޖިތުލް ސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
- މަސްޖިދުލް ސުލްތާނުލް ޢާދިލް
ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ދޭތެރެ ދޭތެރެއިން މިފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގައެވެ. އެގޮތުން މިދިޔަ އަހަރުވެސް މާލޭގެ މިސްކިތްތަކުގައި ކުލަލުމާއި މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ހިންގާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު