އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފް ހިމާޔަތް ކުރުމަށް އޭއައި ބޭނުންކުރަން ނިންމައިފިއެވެ.
އޮސްޓްރޭލިއާގެ ސައިންޓިސްޓުން ގުޅިގެން ޑިޒައިން ކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް މޮނިޓަރިން ސިސްޓަމް ބޭނުންކުރަން ފެށުމުން ދުނިޔެ ހޫނުވުމުގެ ސަބަބުން ގްރޭޓް ބެރިއާ ރީފަށް ލިބޭ ގެއްލުން ހޯދައި ދިރާސާ ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ގްރޭޓް ބެރިއާ ރީފް ބަލަހައްޓާ ނިޒާމް ބޭނުންކޮށްގެން ފަރަށް ލިބެމުން އަންނަ ގެއްލުން ތަކުގެ ތެރެއިން މޫސުމަށް އަންނަ ބަދަލުގެ ސަބަބުން މުރަކަ ހުދުވުމަށް މަގުފައިވާ ވަގުތު ދެނެގަނެ ގެއްލުން ކުޑަ ކުރެވޭނެ ކަމަށް ސައިންސުވެރިން ބުނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ގްރޭޓް ބެރިއާ ރީފްގެ މުރަކަތައް ހުދުވާން ފަށާފައިވާއިރު އެ މައްސަލަ އަހަރުން އަހަރަށް ގޯސްވަމުން ދާ ކަމަށް ސައިންސްވެރީން ވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ