ކ. އަތޮޅުގައި އޮންނަ ރިސޯޓެއް ކައިރިއަށް ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ގެއްލިގެން ހޯދަމުންދަނީ ސިނަމަން ދޮންވެލި ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ދިޔަ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. ނަމަވެސް އެ މީހާއާ ގުޅޭ މައުލޫމާތެއް ނުދެއެވެ. މިކަމުގެ މައުލޫމާތެއް ފުލުހުންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރިސޯޓަކުން ސްނޯކްލިއަން އަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިދިޔަ މަހުގެ ފަހުކޮޅު އިފުރު އައިލެންޑް ރިސޯޓުގައި ސްނޯކްލިން އަށް ދިޔަ އެ ރިސޯޓުގެ މުވައްޒަފަކު ވެސް ވަނީ ގެއްލިފައެވެ. އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލައިފައެވެ.