އޮސްކާ ހުށަހަޅައިދޭ އިތުރު މީހުންހެ ނަންތައް އާންމުކޮށްފިއެވެ. އޭގެ ތެރޭގައި ހާލީ ބެރީ، ޕެނެލޮޕީ ކްރޫޒް، އެލް ފޭނިން، ވޫޕީ ގޯލްޑްބަރގް، ސްކާލެޓް ޖޮހާންސަން، ޖޯން ލިތްގޯ، އޭމީ ޕޯލަރ، ޖޫން ސްކުއިބް އަދި ބޯވެން ޔޭންގް ހިމެނެއެވެ.
ހޮލީވުޑް ހަބަރުތައް ބުނޭގޮތުގައި މި ތަރީން ބައިވެރިވަނީ ކުރިން އިއުލާނުކުރެވިފައިވާ، މިދިޔަ އަހަރުގެ އޮސްކާ ލިބިފައިވާ އެމާ ސްޓޯން، ސިލިއަން މަރފީ، ޑަވައިން ޖޮއި ރޭންޑޮލްފް އަދި ރޮބަޓް ޑައުނީ ޖޫނިއަރ އާ އެކުގައެވެ.
އެމާ ސްޓޯން އެންމެ މޮޅު އަންހެން އެކްޓަރުގެ އިނާމު ހޯދީ ޔޯގޯސް ލަންތިމޯސްގެ "ޕުއަރ ތިންގްސް" ފިލްމުގައި އަދާކޮށްފައިވާ، ބެލާ ބެކްސްޓަރގެ ރޯލަށެވެ. ސިލިއަން އެންމެ މޮޅު ފިރިހެން އެކްޓަރުގެ އިނާމު ހޯދީ ކްރިސްޓޯފަރ ނޯލަންގެ "އޮޕެންހައިމަރ" ފިލްމުގައި ޖޭ. ރޮބަޓް އޮޕެންހައިމަރގެ ރޯލުންނެވެ. ޑަވައިން ޖޮއި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އިނާމު ހޯދީ އެލެގްޒެންޑަރ ޕޭން ޑައިރެކްޓްކުރި "ދަ ހޯލްޑްއޯވަރސް" ފިލްމުގައި އަދާކުރި މޭރީ ލޭމްގެ ރޯލުންނެވެ. އަދި ރޮބަޓް ޑައުނީ ޖޫނިއަރ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އިނާމު ހޯދީ "އޮޕެންހައިމަރ" ފިލްމުގައި އަދާކުރި ލުއިސް ސްޓްރޯސްގެ ރޯލުންނެވެ.
އެކަޑަމީ އެވޯޑްސްގެ ނޮމިނޭޝަންތައް އާންމުކުރީ މިދިޔަ މަހުއެވެ. އެއީ ލޮސް އެންޖެލެސްގައި ކުރިމަތިވި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ވޯޓުލުމުގެ މުއްދަތު ދެފަހަރެއްގެ މަތީން އިތުރުކުރުމަށްފަހުއެވެ. މި ހާދިސާތަކުގައި މަދުވެގެން 28 މީހުން މަރުވެ، ގިނަ އަދަދެއްގެ މުދަލަށް ގެއްލުން ލިބިފައިވެއެވެ.
އޮސްކާއިން އިއުލާނުކުރި ގޮތުގައި މާޗު މަހު ބްރޯޑްކާސްޓްކުރާ ހަފުލާގައި "އަލިފާނުގެ ހާދިސާއާ ދެކޮޅަށް ހިތްވަރުގަދަކަމާއެކު ހަނގުރާމަކުރި ފަރާތްތަކަށް" އިހުތިރާމު އަދާކުރުން އޮންނާނެއެވެ.
އޮސްކާ ހަފުލާ ލައިވްކޮށް ބްރޯޑްކާސްޓްކުރާނީ އޭބީސީ ޗެނަލުންނެވެ. މާޗު 2 ވަނަ ދުވަހު ހުލޫގައި ސްޓްރީމް ކުރެވޭނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން