'މިޝަން: އިމްޕޮސިބަލް- ދަ ފައިނަލް ރެކަނިން' ފިލްމަށް ވަރުގަދަ އެކްޝަން މަންޒަރެއް ނަގަމުން ދަނިކޮށް އެތައް ފަހަރެއްގެ މަތީން ހޭނެތިފައިވާ ކަމަށް، އަމިއްލައަށް ސްޓަންޓްތައް ހެދުމުގައި މަގުބޫލު އެކްޓަރު ޓޮމް ކްރޫޒް ބުނެފިއެވެ.
ފިލްމުގެ އިޝްތިހާރުގައި ދައްކާފައިވާ އެންމެ ފާހަގަކޮށްލެވޭ ސްޓަންޓްތަކުގެ ތެރެއިން އެއް ސްޓަންޓެއްގައި ދައްކަނީ ޓޮމްގެ ކެރެކްޓަރު، އީތަން ހަންޓް، 1930 ގެ އަހަރުތަކުގެ ބޯއިން ސްޓިއަމަން ބައިޕްލޭނެއްގެ ފިޔައިން ނުރައްކާތެރި ގޮތަކަށް އެލުވިފައިވާ މަންޒަރެވެ. މި މަންޒަރުގައި އޭނާ ސައުތު އެފްރިކާގެ ޖައްވުގައި 10,000 ފޫޓުގެ އުސްމިނުގައި ދަތުރުކުރަމުންދެއެވެ.
ޓޮމްގެ މޫނު ގަޑިއަކު 120 މޭލަށްވުރެ ބާރު ސްޕީޑެއްގައި ވައިގެ ތެރެއަށް ހާމަވާގޮތަށް ކުރާ މި ބާރު ސްޕީޑުގެ ސްޓަންޓަކީ ވަރަށް ބޮޑު ގޮނަޖެހުމެއްކަމަށް އޭނާ ފާހަގަކުރިއެވެ.
'ގަޑިއަކު 120 އިން 130 މޭލަށް ވުރެ ބާރު ސްޕީޑެއްގައި މޫނު ބޭރަށް ނެރެފިއްޔާ، އޮކްސިޖަނެއް ނުލިބޭނެ،' ޓޮމް ބުނެފައިވެއެވެ. އަދި އޭނާ އިތުރަށް ބުނެފައި ވަނީ، ޖެހުނީ ނޭވާލާނެ ގޮތް އަމިއްލައަށް ދަސްކުރަން ކަމަށާއި ބައެއް ފަހަރު ހޭވެސް ނެތޭކަމަށެވެ.
ފިލްމުގެ އެންމެ ފޯރިގަދަ މަންޒަރުތަކުގެ ތެރެއިން އެއް މަންޒަރު ކަމަށްވާ މި ޑްރަމެޓިކް ސީކުއެންސަކީ ކުރީގެ މިޝަން: އިމްޕޮސިބަލް ފިލްމުތަކުގައި ޓޮމް ކުޅެފައިވާ ހިތްވަރުގަދަ ސްޓަންޓްތައް ބަލާފައިވާ ފޭނުންނަށް އެހާ ބޮޑު ސަޕްރައިޒެއް ނޫނެވެ.
ޓޮމްއާއެކު މިޝަން: އިމްޕޮސިބަލް ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ޑައިރެކްޓަރު، ކްރިސްޓޯފާ މެކްކުއަރީ ބުނެފައިވަނީ އެންމެ ފަހުގެ ބައިގައި މާ ގިނަ ސިހުންދޭ ފަދަ ސްޓަންޓްތައް ހިމެނޭނެ ކަމަށެވެ.
ނުރައްކާތެރި ސްޓަންޓްތައް ކުރުމުގައި ޓޮމްގެ ކުޅަދާނަކަމުގެ ސަބަބުން އޭނާއަށް ހޮލިވުޑުގައި ލެޖެންޑަރީ މަގާމެއް ލިބިފައިވެއެވެ.
ދުބާއީގެ ބުރުޖު ޚަލީފާއަށް އެރުމުން ފެށިގެން ފެނުގެ އަޑީގައި 6 މިނެޓަށްވުރެ ގިނައިރު ނޭވާ ހިފެހެއްޓުމާއި ހަމައަށް، ޓޮމްގެ ފޯރިގަދަ އެކްޝަން ސީކުއެންސްތަކަށް އޮންނަ ލޯބި އޭނާގެ ފޭނުންނަށް ގިނަ ފަހަރު އަޖައިބުވެ އުފާވެރިކަން ގެނެސްދެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން