އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ ބާއްވަން ނިންމާފައިވާ އިރު، މަޖިލިސް އިދާރާ އިން ވަނީ މާދަމާގެ އެޖެންޑާ އާންމުކޮށްފައެވެ. އެޖެންޑާގައި ވަނީ ހަރަދު ކުޑަކުރުމަށް ކުރިއަށް އޮތް ދެ އަހަރު ދުވަހު އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވުމަށެވެ.
އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމީ ދެ އަހަރު ދުވަހަށެވެ. އެ ފިޔަވަޅުތަކުގެ ތެރެއިން އެއް ކަމަކީ ރައީސްގެ އަމިއްލަފުޅު މުސާރައިން 50 ޕަސެންޓް އުނިކުރުމަށް އެ މަނިކުފާނު ނިންމެވުމެވެ. އެ އިސްލާހާއެކު ރައީސަށް މިހާރު ލިބޭ 100،000 ރުފިޔާގެ ތެރެއިން ދެން ނަންގަވާނީ 50،000 ރުފިޔާގެ މުސާރައެކެވެ.
- ސިޔާސީ މަގާމުތަކުގެ މުސާރައިން 10 ޕަސަންޓު އުނިކުރުން
- ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސަންޓު އުނިކުރުން
- ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން
- މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސަންޓު އުނިކުރަން ހުށަހެޅުން
- ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 ޕަސަންޓު އުނިކުރަން ހުށަހެޅުން
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 ޕަސަންޓު އުނިކުރަން ހުށަހެޅުން
ޚަބަރު
ޚަބަރު
ޚަބަރު