ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ 'ޖުރާސިކް ވޯލްޑް: ރީބާތު' ގެ އިޝްތިހާރު ނެރެފިއެވެ.

މި އިޝްތިހާރު ނެރެފައިވަނީ އިއްޔެ، ޔުނިވަސަލް ޕިކްޗަސްއިންނެވެ. މި ފިލްމުން ފެންނާނީ ދިރިހުރުމުގެ އާ ޒަމާނެކެވެ. ފިލްމުގައި ފެނިގެންދާނީ ދިރިހުރި ޑައިނަސޯތަކުގެ ގްރޫޕެއްގެ ޑީއެންއޭ ހޯދުމަށް ކުރާ މަސައްކަތެވެ.

ފިލްމުގެ އިޝްތިހާރު ފެށެނީ ސްކާލެޓް ޖޮހާންސަން ހުނަރުވެރި ސިއްރު އޮޕަރޭޝަންތަކުގެ މާހިރު ޒޯރާ ބެނެޓްއިންނެވެ. އޭނާއާ ހަވާލުކުރެވެނީ މިހާރު ދިރިއުޅޭ ޑައިނަސޯތަކުގެ ޑީއެންއޭ ހޯދުމަށް ސިއްރު މިޝަނެއް ވިލަރެސްކުރުމެވެ. މި ނުރައްކާތެރި މިޝަނުގައި އޭނާ އެހީތެރިކަން ހޯދަނީ ޕެލިއޮންޓޮލޮޖިސްޓް ޑރ. ހެންރީ ލޫމިސް (ބެއިލީ)، ޑަންކަން ކިންކެއިޑް (އަލީ) އަދި އިތުރު ދެތިން މީހެއްގެ ކިބައިންނެވެ.

މި އިޝްތިހާރުން ދައްކައިދެނީ ބޮޑެތި ޑައިނަސޯތައް އެމީހުންގެ ނަފުސާއި ރަސްކަން ދިފާއުކުރުމަށް ނުކުންނަ ހައިރާންކުރުވަނިވި މަންޒަރުތަކުގެ ކުޑަ ތަސައްވުރެކެވެ.

ފިލްމުގެ ރަސްމީ ހުލާސާގައި ބަޔާންކޮށްފައިވަނީ، ޖުރާސިކް ވޯލްޑް ޑޮމީނިއަންގެ ހާދިސާތަކަށްފަހު 5 އަހަރު ފަހުން، ދުނިޔޭގެ ތިމާވެށްޓަކީ ޑައިނަސޯތަކަށް ދިރިއުޅެން އެހާ އެކަށީގެންވާ ތަނެއް ނޫންކަން ސާބިތުވެފައިވެއެވެ. ބާކީ ތިބި ޑައިނަސޯތައް ދިރިއުޅެނީ އިކުއޭޓަރާ ކައިރި، އެސޮރުމެން ކުރީން ދިރިއުޅުނު މޫސުމާ އެއްގޮތް މޫސުމެއް ހުންނަ، ވަކިވަކި ސަރަހައްދުތަކުގައެވެ. މި ހޫނު ސަރަހައްދުގެ އެއްގަމާއި، ކަނޑާއި، ވައިގެ ތެރެއިން އެންމެ ބޮޑެތި ތިން ސޫފި ހިމެނެއެވެ. މި ތިން ސޫފީގެ ޑީއެންއޭގައި އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށް އަޖައިބުވެގެންވާ ފައިދާތަކެއް ގެނެސްދޭނެ ބޭހެއް އުފެއްދުމުގެ ސިއްރު އެކުލެވިގެންވެއެވެ.

ފިލްމު ރިލީސްކުރަން ހަމަޖައްސާފައިވަނީ ޖުލައި 2ގައެވެ.