މިފްކޯގެ 28 އަހަރުގެ ތާރީހުގައި ޖެނުއަރީ މަހެއްގައި އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވަނީ މިދިޔަ މަހު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެ ކުންފުންޏަށް 8،324 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިއީ 1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިފްކޯގެ ތާރީހުއި ޖެނުއަރީ މަހެއްގައި އެންމެ ގިނައިން މަސް ކިރުވި މަސް ކަމަށް އެ ކުންފުނިން ބުނެއެވެ.
މިދިޔަ މަހު މިފްކޯއަށް ކިރުވި މަހަށް އެ ކުންފުނިން ވަނީ މަސްވެރިންނަށް 117 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެއީ އޭގެ ކުރީ މަހާ އަޅައިބަލާއިރު 122 ޕަސަންޓުގެ އިތުރުވުމެއް ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން މިހާރު އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.
ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެން ހިންގަމުން އަންނަ މިފްކޯގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، އެ ކުންފުންޏަށް ވަނީ ބޭރުގެ ސީއީއޯއެއްވެސް އައްޔަނުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު