ކާންޔޭ ވެސްޓް އާއި ބިއާންކާ ސެންސޯރީ 2025 ވަނަ އަހަރުގެ ގްރެމީ އެވޯޑްސްގައި ފެނިގެން ދިޔައީ ހީވެސް ނުކުރާ ގޮތަކަށެވެ. ހޮލީވުޑް ހަބަރުތަކުގައިވާ ގޮތުން، މި ޖޯޑު މި ފަހުރުވެރި ހަފުލާއަށް ދިޔައީ ދައުވަތެއް ނެތިއެވެ. އެހެންކަމުން އެތަނުގައި މަދު ފޮޓޯތަކެއް ނެގުމަށްފަހު، ސެކިއުރިޓީން އަވަހަށް އެމީހުން ބޭރަށް ނެރުނެވެ.
އެންޓަޓެއިންމަންޓް ޓުނައިޓުން މި ހާދިސާ ކަށަވަރުކޮށްފައިވެއެވެ. އެ ފަރާތުގެ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ ކާންޔޭ، ބިއާންކާ، އަދި ގާތްގަނޑަކަށް ފަސް މީހުންގެ ގްރޫޕެއް އެތަނަށް ދައުވަތު ނެތި ދިއުމުން ބޭރަށް ދިއުމަށް އެންގިއެވެ.
މި ރަސްމިއްޔާތުގެ ދެ އިނާމަކަށް ކާންޔޭ ނޮމިނޭޓްވެފައިވާ އިރު، އޭނާ ދިޔައީ ކަޅު ކުލައިގެ ކެޝުއަލް ހެދުމެއްގައެވެ. އެއީ ކަޅުކުލައިގެ ޓީ-ޝާޓެއް، ޖީންސް، ސްނީކަރސް، އަދި އޭނާގެ މަޝްހޫރު ކަޅު އަވިއައިނެވެ. އަހަރީ މިޔުޒިކް ހަފުލާއިން އޭނާ އާއި އޭނާގެ އަންހެނުން ނެރުނުކަން އަދިވެސް ސާފެއް ނުވެއެވެ.
މި ރެޕަރ އަމާޒު ހިފާފައިވަނީ އޭނާގެ 25 ވަނަ ރަން އަޅާފައިވާ ގްރެމޯފޯން ހޯދުމަށެވެ. އެއީ ޓައި ޑޮލާ އާއެކު ގުޅިގެން ހަދާފައިވާ "ކާނިވަލް" ލަވައަށެވެ.
ލައިވްކޮށް ދެއްކި ރެޑް ކާޕެޓް މަންޒަރުގައި، ކާންޔޭގެ އަންހެނުން ބިއާންކާ އަނެއްކާވެސް ބޯލްޑް ފެޝަން ބަޔާނަކާއެކު އެންމެންގެ ސަމާލުކަން ހޯދިއެވެ. އޭނާ ލައިގެން ހުރީ ހަށިގަނޑުގެ ކުލައިން ފެންނަ، ހަށިގަނޑާ ބޮޑަށް ހަރުލާފައިވާ ސީތްރޫ ހެދުމެކެވެ. މިކަމުން މި މަޝްހޫރު ހަފުލާއަށް އެކަށީގެންވާ މިންވަރާމެދު ޚިޔާލު ތަފާތުވުން އުފެދުނެވެ.
ބިއާންކާ ރެޑް ކާޕެޓަށް އަރައި، ބޮޑު ކޯޓު ނައްޓާލުމުން އެންމެންގެ ލޯތައް އޭނާއަށް ހުއްޓުނެވެ. އޭރު ފެނުނީ އެއްކޮށް ހަށިގަނޑު ފެންނަ ތުނި ސީތްރޫ މޭޝް ހެދުމެކެވެ.
މި ފެނުނު މަންޒަރާ ގުޅިގެން، ކެލިފޯނިއާގެ ގާނޫނުގެ ދަށުން މިއީ އަބުރުވެރިކަން ގެއްލޭ ހާމަކުރުމެއްގެ ގޮތުގައި ބެލެވިދާނެތޯ ސޯޝަލް މީޑިއާގައި ބަހުސް ފެށުނެވެ. މިރާ ނޫހުން ބުނެފައިވާ ގޮތުން، ކެލިފޯނިއާގެ އަބުރުވެރިކަން ގެއްލޭ ހާމަކުރުން މާނަކޮށްދީފައިވަނީ އެހެން މީހުންނަށް އުނދަގޫވެދާނެ ނުވަތަ ރުޅިއަރުވައިފާނެ ގޮތަކަށް ގަސްތުގައި އަދި ބޭއަދަބީކޮށް މީހެއްގެ ހަށިގަނޑު ހާމަކުރުން ކަމަށެވެ. ބިއާންކާގެ ހެދުން ވަރަށް ބޯލްޑް ކަމުގައިވީނަމަވެސް، ގާނޫނީ މާހިރުން ބުނާ ގޮތުގައި މިއީ ހައްދު ފަހަނައަޅައި ދިޔަ ކަމެއްތޯ ބަލާނީ އެކަމުގެ މަގުސަދާއި ހަފުލާގެ ބާވަތަށް ބަލައިގެންނެވެ.
މި ޖޯޑު މި ހަފުލާއަށް ދިއުމަށް ނިންމީ ކީއްވެގެންކަން ސާފުނުވި ނަމަވެސް، އެމީހުންގެ ހާޒިރުވުމާމެދު ތަފާތު ރައްދުތައް ލިބުނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން