ސަބްރީނާ ކާޕެންޓަ މިހާރު ވަނީ ގްރެމީ ކާމިޔާބުކުރި ތަރިއަކަށް ވެފައެވެ. ހުނަރުވެރި މި ލަވަކިޔުންތެރިޔާ ވަނީ ރޭ ކުރިއަށްދިޔަ 67 ވަނަ ގްރެމީ އެވޯޑްސްގައި އެންމެ ރަނގަޅު ޕޮޕް ވޯކަލް އަލްބަމްގެ އިނާމު ހޯދާފައެވެ.
ސަބްރީނާ މި އިނާމު ހޯދީ 2024 ވަނަ އަހަރުގެ ކުރީކޮޅު ވަރަށް މަގުބޫލުވި އޭނާގެ "ޝޯޓް އެންޑް ސްވީޓް" އަލްބަމަށެވެ. މި ގިންތީގައި އޭނާއާ ވާދަކުރި ފަރާތްތަކުގެ ތެރޭގައި ބިލީ އައިލިޝް، އަރިއާނާ ގްރޭންޑޭ އަދި ޓެއިލަރ ސްވިފްޓް ފަދަ ބޮޑެތި ނަންތަކުގެ ތަރީން ހިމެނެއެވެ. ސަބްރީނާ އަކީ ޓެއިލާ ސްވިފްޓްގެ "އެރާސް ޓުއަރ" ގެ ފެށުމުގެ ޕާފޯމަންސް ހުށަހެޅި ތަރިއެވެ. އޭނާ ވަނީ ލެޓިން އެމެރިކާ، އޭޝިއާ އަދި އޮސްޓްރޭލިއާގައި ޓެއިލާއާއެކު ސްޓޭޖްގައި ޕާފޯމްކޮށްފައެވެ.
ސަބްރީނާ މި އެވޯޑު ކާމިޔާބުކުރި ކަމަށް އިއުލާނުކުރި ވަގުތު، ކެމެރާ އަމާޒުވީ ޓެއިލާއަށެވެ. އޭނާ ފެނުނީ ސަބްރީނާއަށް ތަރުހީބުދީ އެ އުފަލުގައި ބައިވެރިވި ތަނެވެ.
2025 ވަނަ އަހަރުގެ ގްރެމީ އެވޯޑްސްއިން ވަނީ މިޔުޒިކް ދާއިރާގެ އެންމެ ހުނަރުވެރި ޕާފޯމަރުންނާއި އެންމެ މަގުބޫލު ލަވަތައް ފާހަގަކޮށްފައެވެ. ބެޔޮންސޭ ވަނީ އޭނާގެ މަޝްހޫރު އަލްބަމް "ކައުބޯއި ކާޓަރ" އަށް އެންމެ ގިނަ ނޮމިނޭޝަން ލިބިގެން މި މުބާރާތަށް ވަދެފައެވެ.
މިޔުޒިކްގެ އެންމެ ބޮޑު ރޭގައި ބޭނުންކުރާ ފެޝަން އާންމު ގޮތެއްގައި ވަނީ އެވޯޑް ޝޯތަކުގެ ތެރެއިން އެންމެ ބީރައްޓެހި ފެޝަނަށް ވެފައެވެ.
ޝަކީރާ، ބިލީ އައިލިޝް، ޗެޕެލް ރޯން، ޑޯޗީ، ސަބްރީނާ ކާޕެންޓަރ އަދި ޗާލީ އެކްސްސީއެކްސް އަކީ ރޭގެ ޕާފޯމަރުންނެވެ. ވިލް ސްމިތް، ސްޓީވީ ވަންޑަރ އަދި ޖެނެލް މޮނޭ ވަނީ މަރުވެފައިވާ އަދި ލެޖެންޑަރީ ޕްރޮޑިއުސަރ ކުއިންސީ ޖޯންސްއަށް ޓްރިބިއުޓެއް ހުށަހަޅާފައެވެ. ކޮމީޑިއަން ޓްރެވަރ ނޫހާ ވަނީ ވިދިވިދިގެން ފަސްވަނަ ފަހަރަށް މި ޝޯ ހޯސްޓްކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން