ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފިއެވެ.
މިއަދުން ފެށިގެން އަންނަ މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ ޑިރެކްޓަރު އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުހައްމަދު އީމާން އަދި ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު ޒައިދު މުހައްމަދެވެ.
އެސްޓީއޯ އިން ބުނީ، މި ޕްރޮމޯޝަންގެ މި އަހަރުގެ އެންމެ ހާއްސަ ކަމަކީ އެ ކުންފުންޏާއެކު ވެލިގާ ފަދަ ޕާޓްނަރެއް ނިޕޯން ޕެއިންޓްގައި ބައިވެރިވުން ކަމަށެވެ.
އެގޮތުން މި އަހަރުގެ ރޯދަ ސޭލް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކުގެ އިތުރުން ވެލިގާ ހާޑްވެއާގެ އައުޓްލެޓްތަކުގައި ކުރިއަށްދާނެއެވެ. އަދި އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައި ވެސް މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ.
މި ޕްރޯމަޝަންގައި ނިޕޯން ޕެއިންޓުން 20 ޕަސެންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.
މި އަހަރު ބޮޑު އިނާމުގެ ގޮތުގައި، ބައިލައްކަ ރުފިޔާގެ އަގުހުރި މުދާ ކޮންމެވެސް އެއް ނަސީބުވެރިއަކަށް ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު