ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ ދިރާގުގެ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ އިއުލާނުކޮށްފިއެވެ.
"ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވާފައިވަނީ އެކަމަށްޓަކައި ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ބޭއްވި ފޯރިގަދަ މިއުޒިކް ޝޯއެއްގައެވެ.
ދިރާގު މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި އެ ގުރުއަތުން، އަލް ޝާލީ މެރިން މަޖެލަން 32 ބޯޓެއް، ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނާއެކު ހާސިލުކުރި ފަރާތަކީ ގއ. ވިލިނގިލި، ހުސައިން ފަޔާޒެވެ.
ދިރާގުން މިއަދު ބުނީ އެ ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާއެކު ކުރިއަށްގެންގޮސް ބެލެހެއްޓުމަށްޓަކައި ތިންވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ނެކްސާ މޯލްޑިވްސް ހަމަޖައްސާފައިވާނެ ކަމަށާއި އެގޮތުން ނެކްސާ މޯލްޑިވްސް އިން ވަނީ ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލައި ގުރުއަތު ނެގި ވަގުތު އެ ތަނުގައި ހަރަކާތްތެރިވެފައި ކަމަށެވެ.
"ވިން އަ ސްޕީޑްބޯޓް"ގެ ގުރުއަތު ނެގުމުގެ ބައި ވަނީ ޓީވީއެމް އާއި އެސްއެސްޓީވީ އަދި ދިރާގު ފޭސްބުކް އާއި ޔޫޓިއުބްއިން ލައިވްކޮށްފައެވެ.
"ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ގުރުއަތު ނެގުމަށް ބޭއްވި ޝޯގައި އެކިއެކި ދިވެހި މިއުޒިކް ފަންނާނުންގެ ފުރިހަމަ ހުށަހެޅުންތައް ވަނީ ފެނިގެން ގޮސްފައެވެ. އަދި، އެ ޝޯ ކުރިއަށްދިޔައީ ގިނަ ރަހަތައް ހިމެނޭ ފުޑް ސްޓޯލްތަކާ އެކީގައެވެ.
ދިރާގަކީ އަބަދުވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް އެފަދަ ހާއްސަ އަދި އަގުހުރި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންދާ ކުންފުންޏެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު