ކޮންމެ މީހަކުވެސް ބޭނުންވަނީ ގިނަ ދަތުރުތައް ކުރާ މީހަކަށް ވާށެވެ. ޕިންޓަރެސްޓްގައި ހުވަފެނީ ބޯޑުތަކާއި ދަތުރުފަތުރުގެ ބަކެޓް ލިސްޓްތައް ހެދުމަކީ އެއްވެސް ޚަރަދެއް ހިނގާކަމެއް ނޫނެވެ. އެހެނަސް ދަތުރުފަތުރުގެ ހަރަދުތައް ބޮޑުވެދާނެ ކަމަށް ހީވާ ނަމަ ވޮލެޓުން "ރިއަލިޓީ ޗެކެއް" ހަދައިލެވިދާނެއެވެ.
ޚަރަދު ބޮޑުވެދާނެ ކަމަށް ހީވުމަކީ ހުވަފެނީ ޗުއްޓީ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫނެވެ. އެކަށީގެންވާ ރޭވުންތެރިކަމާއެކު އަދި ޓިކެޓް ގަތުމަށް އެންމެ ރަނގަޅު ވަގުތު އެނގުމާއެކު، އެންމެ ރަނގަޅު ޑީލްތައް ހޯދިދާނެ އެވެ. އެއްވެސް ގެއްލުމެއް ނެތި ދަތުރުފަތުރުގެ ހަރަދުތަކަކީ ވަރަށް ކުދިކުދި ތަފްސީލުތަކާ ހަމައަށް ވަރަށް ފަރުވާތެރިކަމާއެކު ރޭވުމުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އެންމެ އަގުހެޔޮ ދަތުރުފަތުރުގެ މޫސުންތަކަށް ސަމާލުކަން ދިނުމާއެކުގައެވެ.
އެކްސްޕީޑިއާ، (އޮންލައިންކޮށް ދަތުރުފަތުރުގެ ބުކިން ހަދާ ސައިޓެއް) މި ވަނީ ދަތުރުފަތުރު ކުރާއިރު ފައިސާ ސަލާމަތް ކުރުމަށް ބޭނުން ކުރެވިދާނެ ބައެއް އުކުޅުތައް ހިއްސާކޮށްފައެވެ. މީގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ޓިކެޓް ގަތުމަށް އެންމެ ރަނގަޅު ދުވަސްތަކާއި އެންމެ އަގުހެޔޮ މަސްތައްވެސް ހިމެނެއެވެ.
އެކްސްޕީޑިއާގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް، އާދީއްތަ ދުވަހަކީ ވައިގެ ދަތުރުފަތުރުގެ ޓިކެޓް ގަތުމަށް އެންމެ އަގުހެޔޮ ދުވަހެވެ. އެމީހުން ހިއްސާކޮށްފައިވާ ގޮތުގައި އެ ދުވަހު ޓިކެޓް ގަތުމުން ހުކުރު ދުވަހު ޓިކެޓް ގަތުމާ އަޅައިބަލާއިރު 8 ޕަސެންޓާ ހަމައަށް ޓިކެޓް އަގުހެޔޮވާނެއެވެ.
މިކަމުގެ ފަހަތުގައި އޮތް ސަބަބަކަށް ވެދާނެ ގޮތަކީ ހަފުތާ ބަންދުގައި އާ ޑިސްކައުންޓްތަކެއް ލިބެން ހުރުމެވެ. އާދީއްތަ ދުވަހަކީ ހުކުރު ދުވަހާ އަޅައިބަލާއިރު މަސައްކަތް މަދު ދުވަހެކެވެ. އެއީ މީހުން ހަފުތާ ބަންދުގައި ދަތުރުކުރުމަށް، އެންމެ ފަހު ވަގުތުގައި ޓިކެޓް ގަނެފާނެތީއެވެ.
އެކްސްޕީޑިއާއިން ހާމަކުރި ގޮތުގައި، ބައިނަލްއަގުވާމީ ދަތުރުތައް ކުރާއިރު، ބުރާސްފަތި ދުވަހަކީ އެންމެ އަގުހެޔޮ އޮޕްޝަނެވެ. މިގޮތުން އާދީއްތަ ދުވަހު ދަތުރުކުރުމާ އަޅައިބަލާއިރު 15 ޕަސެންޓާ ހަމައަށް ދަތުރުގެ އަގު ހެޔޮވާނެއެވެ.
ބުރާސްފަތި ދުވަހަކީ ހަފުތާގެ މެދުތެރޭ ދުވަހަކަށްވާތީ، އެ ދުވަހު ޑިމާންޑް ދަށް ވެދާނެއެވެ. އެހެންކަމުން އެ ދުވަހަކީ ނިސްބަތުން އަގުހެޔޮ ދުވަހަކަށް ވަނީކަމަށް ލަފާކޮށްފައިވެއެވެ.
އޯގަސްޓް މަހަކީ ދަތުރުކުރުމަށް އެންމެ އަގުހެޔޮ މަހެވެ މި މަހުގައި އިކޮނޮމީ ކްލާހުގައި ދަތުރުކުރުމުން ޓިކެޓުގެ އަގު 13 ޕަސެންޓް އަގުހެޔޮވެގެން ދެއެވެ. އޭގެ އިދިކޮޅަށް، މާޗު މަހަކީ ދަތުރުކުރުމަށް އެންމެ އަގުބޮޑު މަހެވެ.
ގިނަފަހަރަށް، ބައިނަލްއަގުވާމީ ދަތުރުތަކަށް، ޓިކެޓް ގަނެހަދަނީ ދެ މަސްދުވަސް ކުރިންނެވެ. ނަމަވެސް، މިއީ ފައިސާ އެންމެ ބޮޑަށް ސަލާމަތްކުރެވޭނެ ގޮތެއް ނޫނެވެ. އެކްސްޕީޑިއާއިން ހާމަކުރި ގޮތުގައި ބައިނަލްއަގުވާމީ ދަތުރަށް ފުރުމުގެ 18 އިން 29 ދުވަސް ކުރިން ޓިކެޓް ގަތުމަކީ އަސްލު 'ސްވީޓް ސްޕޮޓް' އެވެ. އޭރުން 17 ޕަސެންޓް ސަލާމަތްކުރެވި ވަރަށް ރަނގަޅު ޑީލެއް ލިބުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
ޓިކެޓް ގަތުމަށް އެންމެ ރަނގަޅު ވަގުތު އެނގުމަކީ މުޅި ދަތުރު އަގުހެޔޮކޮށް ރާވައިލެވިދާނެކަމެކެވެ. މި ޓިޕްސް ތަކުން ތިބާގެ ހުވަފެނީ ޗުއްޓީ އިތުރަށް އުފާވެރިވެގެންދާނެ އެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް