ރ. އަތޮޅުގައި އޮންނަ އިފުރު އައިލެންޑް ރިސޯޓުން ސްނޯކްލިންއަށް ދިޔަ އެ ރިސޯޓުގެ މުވައްޒަފު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އިން ފޮނުވި މެސެޖެއްގައި ބުނީ، އެ މުވައްޒަފު އިއްޔެގެ މެންދުރުފަހު 3:35 ހާއިރު ގެއްލިގެން އެ ދުވަހުގެ ހަވީރު 4:09 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ ޕަރަމްޖީތް ސިންގް ރަވާތް ނަމަކަށް ކިޔާ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭނާ ހޯދުމުގެ މަސައްކަތުގައި ސިފައިންވެސް ހަރަކާތްތެރިވަމުންދާއިރު، އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.