ދިރާގު "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ގުރުއަތު ނެގުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.
ވޭތުވެދިޔަ އަހަރުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ކާމިޔާބީއަށްފަހު، ދިރާގުން މިއަހަރު ވަނީ "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ދަށުން އަލް ޝާލީ މެރިން މަޖެލަން 32 ބޯޓެއް، ޔަމަހާ އައުޓްބޯޑް އިންޖީނާއެކު ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވައިލައިފައެވެ.
ދިރާގުން ބުނީ "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އަދި، އެ އިނާމު ހާސިލުކުރާނެ ފަރާތަކީ ކޮބައިތޯ ބެލުމަށް އާންމުންގެ ތެރޭގައި ޝައުގުވެރިކަން ދަނީ އިތުރުވަމުން ކަމަށެވެ.
އަލް ޝާލީ މެރިން، މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގައި ބޯޓު އުފެއްދުންތެރިކަމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އަލް ޝާލީ މެރިން މޯލްޑިވްސް އިން ފަރުމާކޮށްފައިވާ ލޯންޗެކެވެ. އަދި، އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް މި ހައި ސްޕީޑް ލޯންޗާއެކު 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް ޔަމަހާ އިންޖީނު ވެސް ލިބިގެންދާނެއެވެ. ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.
ދިރާގު "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ގުރުއަތު ނެގުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެރޭ، 8:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ދިރާގުން ބުނީ "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ގުރުއަތު ނެގުމަށް ބާއްވާ ފޯރިގަދަ އިވެންޓުގައި އެކިއެކި ދިވެހި މިއުޒީޝަނުންގެ ލައިވް ހުށަހެޅުންތައް ފެނިގެންދާނެ ކަމަށާއި އަދި އެ އިވެންޓް ކުރިއަށްދާނީ، ގިނަ ރަހަތައް ހިމެނޭ ފުޑް ސްޓޯލްތަކާ އެކީގައި ކަމަށެވެ.
ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މިފަދަ ހާއްސަ ޕްރޮމޯޝަންތައް ކުރިއަށްގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު