އޮސްޓްރޭލިއަން އޯޕަން ކުއާޓާ ފައިނަލުގައި އާދަޔާހިލާފު ގޮތަކަށް ކާލޮސް އަލްކަރާޒް ބަލިކޮށް، ނޯވަކް ޖޮކޮވިޗް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ މެލްބަން ޕާކުގައި ކުޅުނު މެޗުގައި ޖޮކޮވިޗް، އަލްކަރާޒްގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރައެވެ. އުމުރުން 37 އަހަރުގެ ޖޮކޮވިޗް، އުމުރަކަށްވެސް ނުބަލައި، 21 އަހަރުގެ އަލްކަރާޒް ބަލިކުރީ ފުރަތަމަ ސެޓުގައި އަނިޔާއަކާވެސް ކުރިމަތިވެ، އެ އަނިޔާއިން އެނބުރި ކޯޓަށްވެސް ނުކުމެއެވެ.
މެޗުގެ ފުރަތަމަ ސެޓު، 6-4 އިން އަލްކަރާޒް ގެންދިޔަ އިރު، އަނިޔާއަކަށްފަހު ޖޮކޮވިޗް ދެން ނުކުމެ ކުޅުނީ ވަރަށް ވަރުގަދަ ގޭމެކެވެ. ހަތްވަނައަށް ރޭންކް ކުރެވިފައިވާ ޖޮކޮވިޗްގެ ފަރާތުން ވަރުގަދަ އެޓޭކްތަކެއް ފެނުނު އިރު، ދުނިޔޭގެ ތިންވަނަ އަލްކަރާޒަށް އެ އެޓޭކަށް ޖަވާބެއް ނުދެވުނެވެ.
ފަހު ތިން ސެޓު އަލްކަރާޒް އަތުން ގެއްލުނީ 6-4، 6-3 އަދި 6-4 އިންނެވެ. ރެކޯޑު 25 ވަނަ ގްރޭންޑް ސްލޭމަށް މަސައްކަތްކުރަމުންދާ ޖޮކޮވިޗް ފަހު ޕޮއިންޓާއެކު ވަރަށް ބޮޑަށް އުފާފާޅުކުރިއެވެ. އެ އުފާފާޅުކުރުމުގައި އޭނާ އެންމެ ބޮޑަށް ފެނުނީ ކޯޗު އެންޑީ މުރޭ ގައިގައި ބައްދާލިތަނެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް