ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓުގައި ޗައިނާއަށް ފުރަތަމަ ދަތުރުކޮށްފިއެވެ.
މޯލްޑިވިއަން އިން ވަނީ އެ އެއާލައިންގެ ވައިޑް-ބޮޑީ މަތިންދާބޯޓުން ޗައިނާއަށް ދަތުރުތައް ފަށާނީ މިއަދު ކަމަށް މީގެ ކުރިން ބުނެފައެވެ.
އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ފޭސްބުކްގައި ރޭ ދަންވަރު ކުރި ޕޯސްޓެއްގައި ބުނީ، ޗައިނާގެ ޗެންގްޑޫއަށް އެ އެއާލައިނުން ކުރި އިފްތިތާހީ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް މަރުހަބާކީ ފަހުރުވެރިކަމާއެކުގައި ކަމަށެވެ. އަދި ފްލައިޓު ނައްޓާލީއްސުރެ ޖެއްސުމާ ހަމައަށް ތަފާތު ތަޖުރިބާތަކެއް ކުރެވުނު ކަމަށް ބުންޏެވެ.
- ޗައިނާގެ ޗެންގްޑޫ - 22 ޖެނުއަރީ (668 ޑޮލަރު، ދެކޮޅު ޓިކެޓް)
- ޗައިނާގެ ބެއިޖިން - 24 ޖެނުއަރީ (788 ޑޮލަރު، ދެކޮޅު ޓިކެޓް)
- ޗައިނާގެ ޝެންހާއީ- 27 ޖެނުއަރީ (777 ޑޮލަރު، ދެކޮޅު ޓިކެޓް)
މޯލްޑިވިއަން އިން ބުނެފައިވާ ގޮތުގައި ޗެންގްޑޫއަށް މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް އެ އަގުގައި ދަތުރުކުރެވޭނެ އެވެ. ބެއިޖިންއަށް މި މަހުގެ 24 އިން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހަށް އަދި ޝެންހާއީއަށްވެސް މި މަހުގެ 27 އިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް އެ އަގުގައި ދަތުރުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
މޯލްޑިވިއަން އިން ގެނައި ވައިޑް ބޮޑީ މަތިންދާބޯޓަކީ ތިން ކުލާހެއްގެ 264 ގޮނޑި ހުންނަ ބޯޓެކެވެ. އެއީ ބިޒްނަސް ކުލާހުގައި 18 ގޮނޑި، ފްރިމިއަމް އިކޮނަމީގައި 36 ގޮނޑި އަދި އިކޮނޮމީ ކުލާހުގައި 210 ގޮނޑިއެވެ. އެ ބޯޓުގައި ދިހަ ޓަނުގެ ކާގޯވެސް އުފުލޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
މޯލްޑިވިއަންގެ އާ މަތިންދާބޯޓު އޭ-330 ރާއްޖެ އަށް ގެނައީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.
ވައިޑް ބޮޑީ ބޯޓުތައް ގެނެސް ދަތުރުތައް ފެށުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި