ތައިލެންޑުން 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ތައިލެންޑުގެ ކަމާބެހޭ އިދާރާތަކުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވަނީ ކްރިސްޓަލް މެތް ނަމަކަށް ކިޔާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި އެ މަސްތުވާތަކެއްޗަކީ އިންޑިއާ މަގުން ގެނައި، އެފްރިކާ އަށް ނިސްބަތްވާ ތަކެތި ކަމަށާއި އެ ތަކެތި ދެން ފޮނުވުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިތުރުން އެމެރިކާ އަދި އޮސްޓްރޭލިއާއަށެވެ.
ތައިލެންޑުގެ ބެންކޮކުގައި ހުންނަ ގުދަނަކުން ފެނުނު އެ މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 1.65 ޓަނު ހުރި އިރު އެ ޕެކުކޮށްފައި ހުރީ ކަފަތަކެއްގެ ތެރޭގައި ކަމަށް އޮފިޝަލުން ބުނެއެވެ.
ތައިލެންޑުގެ އޮފިޝަލުން ވަނީ މިއީ އެ ގައުމުން މެތް ބާވަތުގެ މަސްތުވާތަކެތި މިހާ ގިނައިން ފެނުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްފައެވެ. އަދި އެ މަސްތުވާތަކެއްޗާއި ގުޅުން ހުރި މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ