ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް މިހާރު އީފާސް ބޭނުންކުރާ ކަމަށާއި އިތުރު ފީޗާސްތަކާއެކު އީފާސް އަޕްގްރޭޑް ކުރަން ނިންމާފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް ކިނާނަތު ރޭ ވިދާޅުވީ، ރާއްޖޭގައި އީފާސް ރަޖިސްޓްރޭޝަންގައި 2 ލައްކަ 40 ހާސް މީހުން ހިމެނޭ ކަމަށެވެ.
"މިއީ 10 އަހަރުން ދަށުގެ ކުދިންނުލައި. ޕަސަންޓޭޖަކަށް ދަންނަވަނީ ނަމަ އާބާދިގެ 70 ޕަސަންޓު އޮތީ އީފާހށް ރަޖިސްޓާ ކޮށްފަ. ބޮޑަށް ބޭނުންވަނީ އެސްޓޯނިޔާ ގޮތަށް. އެސްޓޯނިޔާގައި 99 ޕަސަންޓު ޑިޖިޓަލް އައިޑީ ބޭނުންކުރޭ. އެހެންވީމަ ރާއްޖޭގަވެސް މި 70 ޕަސަންޓު 90 ނޫނީ 100 އަށް ވެގެންދިއުން." ކިނާނަތު ވިދާޅުވިއެވެ.
މީގެ ދެ އަހަރުކުރިން 40 ޕަސެންޓުގެ މީހުން އީފާސް ބޭނުން ކުރި ނަމަވެސް ފާއިތުވި ދެ އަހަރު 70 ޕަސަންޓަށް އިތުރުވެ، އީފާސް 2.0 ރިލީސް ކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި އީފާސްގެ ތެރެއިން މޯބައިލް އެޕް ޔޫސާސް 1،60،700 (އެއްލައްކަ ފަސްދޮޅަސް ހަތް ހާސް) އަށް އަރާކަމަށް އޭނާ ވިދާޅުވިއެވެ.
"އީފާސްގެ އެެހެން ވާޝަނެއް ނުވަތަ އަޕްގްރޭޑް ވާޝަނެއް ނެރުމުގެ މަސައްކަތްވެސް ކުރިޔަށް އެބަގެންދަން. މިހާރު އެބަ ރާވަން އީފާސް 2.0 ރިލީސް ކުރަން އެއީ މިހާރު ހުރި އީފާހަށްވުރެ އިތުރު ފީޗާސްތައް ލާފަ މިނެރެނީ." ކިނާނަތު ވިދާޅުވިއެވެ.
އީފާސްއަށް އިންޓާގްރޭޓްވެފައިވާ ގިނަ ކުންފުނިތަކެއްވެސް ރާއްޖޭގައި އިތުރުމަވުން އަންނަކަން ފާހަގަކުރެވޭ ކަމަށްވެސް ކިނާނަތު ވިދާޅުވިއެވެ. އޭގެތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކައުންޓް ހުޅުވުމަށް، ހޮސްޕިޓަލްތަކުގެ މެޑިކަލް ރެކޯޑުތަކަށް އެކްސެސް ވުމަށް އަދި ޑޮމެސްޓިކް ޓްރެވަލް (އެތެރޭގެ އުދުހުންތަކަށް) އައިޑީކާޑުވެސް އީފާސް މެދުވެރިކޮށް އަންނަނީ ބޭނުންކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު