ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ނާސަރީން ޖޭކޭޖީއަށް، ޖޭކޭޖީން އެސްޖޭއަށް އަދި އެސްޖޭއިން ގްރޭޑް އެކަކަށް 2024 ވަނަ އަހަރުގެ ތެރޭގައި ޕްރޮމޯޓްކޮށްދިން ކުދީންގެ އަދަދުތައް ތިން ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ހުށަހަޅަން އެ ކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައަކީ އަމިއްލަ ފަރާތެއް ކަމަށްވާ، ހ. ލަކީކޯނާ ޔުދްރާ އަބްދުއްލަތީފް ގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓްރީއާ ދެކޮޅަށް ސިވިލްކޯޓަށް ހުށަހަޅާފައިވާ މައްސަލައަކަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން އޭނާ ސިވިލް ކޯޓުގައި އެދުމާ ގުޅިގެން އެ ކޯޓުން ނެރުނު އަމުރެކެވެ.
ސިވިލް ކޯޓުގެ ގާޒި މުހައްމަދު އީސާފުޅު ނެރުއްވި މި އަމުރުގައި ވަނީ، އެޑިޔުކޭޝަން މިނިސްޓްރީއާ ދެކޮޅަށް ޔުދްރާ ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން، ކޮވިޑް 19 ގެ ބަލިމަޑުކަމުގައި ސްކޫލް ބަންދުކުރަން ޖެހުން ފިޔަވައި، އުމުރުފުރާ ހަމަނުވާ އެއްވެސް ދަރިވަރަކު އެއް ގްރޭޑުން އަނެއް ގްރޭޑަށް ޕްރޮކޯޓް ކޮށްދީފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
ނަމަވެސް 2024 ވަނަ އަހަރުގެ ދިރާސީ އަހަރު، ސްކޫލްތަކަށް ކުދިން ވެއްދުމާބެހޭގޮތުން މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ބަޔާންކުރާ ތާރީހުތަކަށް އުމުރު ހަމަ ނުވާ ބައެއް ކުދީންނަށް އެ މިނިސްޓްރީން ހުއްދަ ދީގެން، އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ޕްރޮކޯޓް ކޮށްދީފައިވާ ކަމަށް ޔުދްރާ ވަނީ ކޯޓުގައި ބުނެފައެވެ.
އެ ކަން ސާބިތު ކުރުމަށް، ޔުދްރާގެ ފަރާތުން، އެ މައުލޫމާތު ހޯދުމަށް، ގެންގަރޫ ކިޑްސް އިންޓަނޭޝަނަލް ސްކޫލަށް ހުށަހެޅި ނަމަވެސް އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް އެސްކޫލުން ވަނީ އަންގައިފައެވެ.
އެހެންކަމުން ޔުދްރާގެ ފަރާތުން، އެކަން ހާމަ ކުރުމަށް ސްކޫލްގައި އެދިފައިވާ މައުލޫމާލު ތަކަކީ، 2024 ވަނަ އަހަރުގެ ދިރާސީ އަހަރު ސްކޫލްތަކަށް ކުދީން ވެއްދުމާ ގުޅޭ ސާކިއުލާއާ އެއްގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން އަމަލު ކޮށްފައިވާ ގޮތް ދެނެގަތުމަށް މުހިއްމު މައުލޫމާތުތަކެއް ކަމަަށް ޝަރީއަތަށް ބުރަވެވޭ ކަމަށްވެސް ގާސީ މުހައްމަދު އީސާފުޅު ނެރުވި އަމުރުގައިވެއެވެ.
އެހެންކަމުން 2024 ވަނަ ދިރާސީ އަހަރު ސްކޫލްތަކަށް ކުދިން ވެއްދުމާ ގުޅޭ ސާކިއުލާގައި ބަޔާންކުރާ ކެޓަގަރީއަށް، އެ ސާކިއުލާގައި ބަޔާން ކުރާ ތާރީހުތަކަށް އުމުރުފުރާ ހަމަ ނުވާ ކުދީންގެ ތެރެއިން އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދައަކާއެކު ޕްރޮކޯޓް ކޮށްދީފައިވާ ކުދީންގެ އަދަދު ތިން ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ހުށަހެޅުމަށް ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލް މޯލްޑިވްސްގެ މައްޗަށް އަންގައި އަމުރުކުރާކަމަށް އެ އަމުރުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު