ޓެކްނޮލޮޖީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެސްޓޯނިއާއާއެކު ރާއްޖެއިން ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް ސްމާޓް ޓެކްނޮލޮޖީ އަދި ސައިބާ ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ރާއްޖެއިން އެސްޓޯނިއާއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެމްއޯޔޫގައި ސޮއިކުރީ ރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްއާ ދެމެދުއެވެ.
ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ. އެސްޓޯނިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓަރު ލީސާ-ލީ ޕަކޮސްޓާ އެވެ.
އެ ފަހުމުނާމާގައި ސޮއިކުރެއްވީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކާރިސްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު