މިއަދުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާތީ، މާލޭގައި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް 800 ވެލި ބަސްތާ ޖަހައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް ރެއިން ފެށިގެން އާންމުކޮށް ފެންވަދެ ގެއްލުވާ ކަމަށް ފާހަގަ ކުރެވޭ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަދު ވެސް އެމަސައްކަތް ކުރިއަށްދާ ކަމަށެވެ.
"މިހާތަނަށް 800 ވެލި ބަސްތާ މާލޭގެ އެކި ސަރަހައްދުތަކުގައި ޖެހިފައިވޭ،" ސިޓީކައުންސިލުން ބުންޏެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން މިއަދު ބުނީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް ރެއިން ފެށިގެން އާންމުކޮށް ފެންވަދެ ގެއްލުވާ ކަމަށް ފާހަގަ ކުރެވޭ 56 އަށް ވުރެ ގިނަ ގެތަކުގައި މާލޭ ސިޓީ ކައުންސިލުން ވެލި ބަސްތާ ޖަހާފައިވާ ކަމަށެވެ. އަދި މިއަދުވެސް އިތުރު ތަންތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ވެސްޓްޕާކް ސަރަޙައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ވެސް ކުރިޔަށްގެންދާ ކަމަށެވެ.
މިއަދުން ފެށިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެގޮތުން ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުނެފައިވެއެވެ.
މެޓުން އިތުރަށް ބުނީ ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. މެޓުން ވަނީ އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ލަފާކޮށްފައެވެ. އަދި 15 މޭލާއި 25 މޭލުގު ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގެތަކާއި ފިހާރަ، ގުދަން ފަދަ ތަންތަނުގެ ބޭރުގައި ފެން ނުވަންނަ ގޮތަށް ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެމްޑީއެންއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު