ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއްގައި 500 މިލިއަން ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ ގޮތަށް ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތައް ހިންގިދާނެ ކަމަށް ކަނޑައަޅައިފިއެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރެއްގައިވެސް އެ އަހަރެއްގައި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ މިންވަރު ކަނޑައަޅައި އިއުލާން ކުރަންޖެހެއެވެ.
އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެސްއީޒެޑެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކާއި އެއިން ޒޯނެއްގައި ހިމެނޭ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑު ކަނޑައަޅުއްވައި ގަރާރެއް ނެރުއްވައިފައެވެ.
ރައީސްގެ ގަރާރުގައިވާ ގޮތުގައި އެސްއީޒެޑްގައި ގާއިމުކުރެވޭނީ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ތެރެއިން އިންވެސްޓްމަންޓެއް ހިމެނޭ ގޮތުން ގާއިމުކުރުމަށް ހުށަހަޅާ ޖުމުލަ 100 މިލިއަން ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓެވެ. އެއީ މިދިޔަ އަހަރުވެސް ކަނޑައެޅި އަދަދެވެ.
ގަރާރުގައި ބުނެފައިވާ ގޮތުން ޖުމުލަ 500 މިލިއަން ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގައި މިނިމަމް އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅައިފައިވާ 500 މިލިއަން ޑޮލަރު ހާއްސަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓްތަކަށެވެ.
- އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތްތައް
- ޓްރާންޝިޕްމަންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބެރޭކިންގް، ބަންކަރިން، ޑޮކިންގް ސާވިސަސް މަސައްކަތްތައް
- ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސުޕާ ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް
- ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް އަދި އައިސީޓީއާ ގުޅޭ ފެސިލިޓީތައް
- އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އަދި އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް
- އިޔާދަކުރަނިވި ހަކަތައާއި ހަކަތައިގެ ދާއިރާ
- ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް
- ފުޑް ސެކިއުރިޓީގެ ދާއިރާ
- ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް
ޚަބަރު
ޚަބަރު
ޚަބަރު