މާލޭގެ ގެއެއްގެ ބައެއް ގަނބައިގަނެ، އަޑިއަށްދާތީ އެ ގެއިން މީހުން ހުސްކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، މ. ކެރިންލައިޓް އިމާރާތް ކުރަމުންދިޔައިރު ޝީޓްޕައިލް ނުކޮށް ހުރުމުގެ ސަބަބުން ޖެހިގެން ހުރި މ. ލަކީ ހެވެން ގޭގައި ރެނދު އަޅައި، އެ ގޭގެ ބައެއް ގަނބައިގަނެ، އަޑިއަށްދާން ފަށާފައިވާ ކަމަށެވެ. އެހެންވެ އެ ގެއިން މީހުން ހުސްކޮށްފައިވާ ކަމަށް ބުންޏެވެ.
ލަކީ ހެވަންގޭގެ ހަތަރު ކޮޓަރިއެއްގައި ހަތަރު އާއިލާއެއް ދިރިއުޅެމުންދިޔައެވެ. އެ މީހުން ބަދަލުކުރީ ކޮންތަނަކަށް ކަމެއް ނޭނގެއެވެ.
"މި ގޭގައި ޖުމްލަ ހަތަރު ކޮޓަރިން ހަތަރު އާއިލާ، 18 އަހަރުން ދަށުގެ ތިން ކުދިންނާއި ހަ މީހުން [ބަދަލުކުރަނީ]. ދެ ބައިގައި ބޭރު މީހުން ކުއްޔަށް އުޅޭ،" ސިޓީ ކައުންސިލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު