ސަފާރީން ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެޢެވެ.
ގެއްލިގެން ހޯދަމުން ދިޔައީ އަލީ އަރުޝަދު، 35، ސީވީޑް، ނ. ހޮޅުދޫ، އެވެ.
އޭނާ ގެއްލިފައިވަނީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 7" ސަފާރީއިން ރޭ ކަނޑަށް ވެއްޓިގެންނެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔަ މީހާގެ ހަށިގަނޑު ކަނޑުގެ 69 މީޓަރު އަޑިން ފެނިފައިވާ ކަމަށެވެ. އަދި މިއަދު 15:35 ހާއިރު އޭނާގެ ހަށިގަނޑު ލޯންޗަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ސަފާރީންގެ ސީސީޓީވީ ފުޓޭޖުތައް ބެލިއިރު އަރުޝަދު ސަފާރީގެ ޑެކް މަތީ ހުއްޓައި މޫދަށް ވެއްޓޭ މަންޒަރު ފެންނަ ކަމަށެވެ. އަދި މޫދަށް ވެއްޓެން ދިޔައިރު އޭނާގެ ބޯ ބޯޓުގެ އަރިމަތީ ޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު