ލޮސް އެންޖެލެސް އާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގައި ރޯވަމުންދާ އާދަޔާ ހިލާފު އަލިފާނުގެ ސަބަބުން މަޝްހޫރު ގިނަ ތަރީންތަކެއްގެ ގެތައް ހަލާކުވެ، އެކީ އަނދައިގެން ހިނގައްޖެއެވެ. އޭގެ ތެރޭގައި މޫރް، ކޭރީ އެލްވެސް އަދި ޕެރިސް ހިލްޓަން ފަދަ މަޝްހޫރު ތަރީން ހިމެނެއެވެ. މާކް ހެމިލް، މޭންޑީ މޫރް އަދި ޖޭމްސް ވުޑްސް ފަދަ މަޝްހޫރު ތަރިން އެ ސަރަހައްދު ދޫކޮށްވަނީ ގޮސްފައެވެ.
އޭގެ އިތުރުންވެސް އެޑަމް ބްރޯޑީ، ލެއިޓަން މީސްޓަރ، ފަރގީ، އެނާ ފެރިސް، އެންތޯނީ ހޮޕްކިންސް، އަދި ޖޯން ގުޑްމަން ވެސް ވަނީ ލޮސް އެންޖެލެސްގައި ރޯވަމުންދާ ނުރައްކާތެރި އަލިފާނުގެ ސަބަބުން އެ މީހުންގެ ގެތައް އަނދައިގެން ހިނގައްޖެ ކަމަށް ބުނެފައެވެ.
ކެލިފޯނިއާގެ އަލިފާން ނިއްވާ މީހުން މަސައްކަތް ކުރަމުން އަންނަނީ ވަޔާއެކު ބާރު އިސްޕީޑުގައި ފެތުރެމުންދާ އަލިފާން ނިއްވުމަށެވެ. މި އަލިފާނުގެ ސަބަބުން ގެތައް ހަލާކުވެ، ދަތުރުފަތުރުގެ ނިޒާމަށް ހުރަސްތަކެއް ކުރިމަތިވެ، އަދި ދިހަހާހަށްވުރެ ގިނަ މީހުން މި ސަރަހައްދު ދޫކޮށް ގޮސްފައިވެއެވެ. އިއްޔެ ވެސް އަލިފާން ކޮންޓްރޯލް ނުކުރެވި ރޯވަމުން ދިއުމާއެކު ވަސީލަތްތަކަށް ބޮޑު ބުރައެއް ކުރިމަތިވެފައިވެއެވެ.
ޕެސިފިކް ޕެލިސޭޑްސް ސަރަހައްދަކީ ގޮނޑުދޮށާ އިންވެގެންވާ ފަރުބަދަ ސަރަހައްދެކެވެ. މި ސަރަހައްދުގައި މަޝްހޫރު މީހުންގެ ގެތައް ގިނައެވެ.
ޕެރިސް ހިލްޓަން އޭނާގެ އިންސްޓަގްރާމްގައި ޚަބަރެއްގެ ވީޑިއޯ ކްލިޕެއް ޕޯސްޓްކޮށް، އެ ވީޑިއޯގައި މާލިބޫގައި ހުރި އޭނާގެ ހަލާކުވެފައިވާ ގޭގެ މަންޒަރު ހިމެނިފައިވާ ކަމަށް ބުނެފައިވެއެވެ. އޭނަ ބުނިގޮތުގައި އެ ގެއަކީ ވަރަށް އަގުހުރި ގިނަ ހަނދާންތަކެއް އުފެއްދި ތަނެކެވެ. އެއީ އޭނާގެ ދަރިފުޅު، ފީނިކްސް ފުރަތަމަ ފިޔަވަޅުތައް އެޅި ތަންކަމަށާއި، ލަންޑަނާއެކު އުމުރަށް ދެމިގެންދާނެ ހަނދާންތަކެއް އުފެއްދުމުގެ ހުވަފެން ދުށް ތަނަކީވެސް އެއީ ކަމަށް ބުނެފައިވެއެވެ. މިއީ އޭނާ ކުޑަކުދީންނަށް އިޝާރާތްކޮށް ދެއްކި ވާހަކައެކެވެ.
"މި ގެއްލުމަކީ ހިތަށް ގެނެވޭވަރުގެ ކަމެއް ނޫން. މިއަދު އެތައް ބަޔަކަށް ހޭލެވުނުއިރު އެ މީހުންގެ ގެ ނެތްކަން އެނގުމަކީ ހަގީގަތުގައިވެސް ވަރަށް ހިތާމަހުރި ކަމެއް،" އޭނާ ލިޔެފައިވެއެވެ.
މި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ނުވަތަ އަނދައިގެންދިޔަ އިމާރާތްތަކުގެ އަދަދު އޮފިޝަލުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ މީހުން ބުނެފައިވަނީ މަދުވެގެން 70,000 މީހުން އެ ސަރަހައްދުތަކުން ފުރައިގެން ދިއުމުގެ އަމުރު ނެރެފައިވާ ކަމަށާއި، ގާތްގަނޑަކަށް 30,000 އިމާރާތަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ. ރިޕޯޓުތަކުގައިވާ ގޮތުން 5 މީހަކު ވަނީ މަރުވެސް ވެފައެވެ.
މި ހާދިސާއާ ގުޅިގެން އާދީއްތަ ދުވަހަށް ހަމަޖެހިފައިވާ ކްރިޓިކްސް ޗޮއިސް އެވޯޑްސް ވަނީ ފެބްރުއަރީ 26 އަށް ފަސްކޮށްފައެވެ. ފިލްމު ސްޓޫޑިއޯތަކުން ވަނީ ދެ ފިލްމެއްގެ ޕްރިމިއަރ ކެންސަލްކޮށްފައެވެ. އަދި ޔުނިވާސަލް ސްޓޫޑިއޯސް ހޮލިވުޑް ތީމް ޕާކް ވަނީ ދުމާއި ވައިގަދަވުމުގެ ސަބަބުން އެއް ދުވަހަށް ބަންދުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ