މީރާ ރާޖްޕުތުގެ ރީތިކަމުގެ ފަލްސަފާގައި ހިމެނެނީ ގުދުރަތީ ރީތިކަން ގަބޫލުކުރުމާއި، ކަންކަން ސާދާކޮށް ބެހެއްޓުމާއި ހަމުގެ ފަރުވާއަށް އިސްކަން ދިނުމެވެ. 2024 ވަނަ އަހަރު ޓައިމްސް ނައުއާއެކު ކުރި އިންޓަވިއުއެއްގައި، ޔޫޓިއުބަރަކާއި ވިޔަފާރިވެރިއެއް ކަމުގައިވާ، އަދި އެކްޓަރު ޝާހިދު ކަޕޫރާ އިނދެގެން އުޅޭ މީރާ ވަނީ، އޭނާގެ ހަން 'އޮމާންކޮށް އަދި ވިދާވިދާ' ބެހެއްޓުމަށްޓަކައި ސާދާ ހަމުގެ ފަރުވާގެ އާދަތަކެއް ގެންގުޅޭކަން ފާހަގަކޮށްފައެވެ.
އެގޮތުން އޭނާ ހިއްސާކޮށްފައިވާ ބައެއް ބިއުޓީ ސީކްރެޓްތައް ތިރީގައި އެވަނީއެވެ.
މީރާ ވަނީ ދުވާލަކު ދެފަހަރު، އެއްފަހަރު ހެނދުނު އަދި އަނެއްފަހަރު ރޭގަނޑު، ހަން ސާފުކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. މިއީ ހަމުގައި ހުންނަ ހިރަފުހާއި ނަޖިސްތަކެތި ނައްތާލުމަށްޓަކައެވެ. އޭނާ ބުނެފައިވާގޮތުގައި ހަމުގެ ފަރުވާއަކީ އޭނާއ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާކަމެކެވެ. ހަމަށް ދާއިމީ ފަރުވާ ދިނުމަށްޓަކައި ތިބާގެ ހަމުގެ ބާވަތާ ގުޅޭ އަދި ތިބާގެ ވަކި މައްސަލަތަކަށް އަމާޒުކުރެވިފައިވާ ދެމެހެއްޓެނިވި އާދައެއް ގާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ބުންޏެވެ. ދުވާލަކު ދެފަހަރު - ހެނދުނާއި ރޭގަނޑު - މޫނު ސާފުކުރުމުން ނަޖިސްތަކެތި ނައްތާލައި، ހަން ތާޒާކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ފާހަގަކުރެއެވެ.
"ޑަބަލް ކްލެންސިންއާ ބެހޭގޮތުން އަޑުއެހިންތަ؟ ތި ހިހީވީ ހަމަ ރަނގަޅަށް. އެއީ މޫނު ދެފަހަރަށް ސާފުކުރުން. މޭކަޕް ބޭނުންކުރާނަމަ، މިކަން ކޮންމެހެންވެސް ކުރަން ޖެހޭ. ފުރަތަމަ ތެލެއް ނުވަތަ ކްލެންސިން ބާމަކުން މޫނު ސާފު ކުރުމަށްފަހު ފޭސް ވޮޝް ބޭނުން ކުރެވިދާނެ. މިއީ ހަމުގެ ވަކި ބާވަތަކަށް ނުބަލައި، ހަން ރަނގަޅު ހާލަތެއްގައި ބެހެއްޓުމަށް އޮތް ސާދާ އަދި ފައިދާ ހުރި ގޮތެެއް." އޭނާ ބުނެފައިވެއެވެ.
މީރާ ވަނީ އޭނާގެ ހަން ތެތްކޮށް ބެހެއްޓުމަށްޓަކައި ގަވައިދުން އެކްސްފޯލިއޭޓްކުރުމުގެ މުހިންމުކަމަށް ބާރުއަޅައި ބުނެފައެވެ. އޭނާ ބުނިގޮތުގައި ގަވާއިދުން އެކްސްފޯލިއޭޓްކުރުމަކީ މަރުވެފައިވާ ހަމުގެ ސެލްތައް ނައްތާލައި، ހަންގަނޑު އާކުރުމަށް ފުރުސަތު ލިބޭ ކަމެކެވެ. މިއިން ހަމުގެ ކުލަ އަލިކޮށް އަދި ވިދާވިދާ ބެހެއްޓުމަށް އެހީތެރިވެދެއެވެ.
އެކްސްފޯލިއޭޝަނަކީ ހަމުގެ އެންމެ ބޭރު ފަށަލައިން މަރުވެފައިވާ ހަމުގެ ސެލްތައް ނައްތާލުމުގެ ޕްރޮސެސް އެވެ. މިކަން ކުރެވިދާނެ ގޮތްތަކުގެ ތެރޭގައި ސްކްރަބް، ބުރުސް، ނުވަތަ ކެމިކަލްގެ ބާވަތެއް ބޭނުންކުރުން ހިމެނެއެވެ.
މީރާ އަތްވަށް ނުކުތުމުގެ ކުރިން މަތީ އެސްޕީއެފްއެއް ހުންނަ ސަންސްކްރީނެއް ބޭނުން ކުރެއެވެ. މިއީ ގެއްލުންދެނިވި ޔޫވީ އަލިތަކުން އޭނާގެ ހަން ރައްކާތެރިކުރުމަށްޓަކައެވެ. މޫސުމަށް ބެލުމެއްނެތި، ކޮންމެ ދުވަހަކު ސަންސްކްރީން ހޭކުމަކީ ޒުވާން އުމުރުގައި މުސްކުޅިވުމާއި އިރުގެ ގެއްލުންތަކުން ރައްކާތެރިވުމަށް ކޮންމެހެން ބޭނުން ކަމެއްކަމަށް މީރާ ބުނެފައިވެއެވެ.
ކޮންމެ ހަމުގެ ޑޮކްޓަރަކާ ސުވާލުކުރިޔަސް، ހަމުގެ ފަރުވާގެ އާދަތަކުގެ ތެރެއިން އެންމެ މުހިންމު އެއް ފިޔަވަޅަކީ ކޮބައިތޯ އަހައިފި ނަމަ، އެންމެންވެސް ބުނާނީ ސަންސްކްރީންގެ ވާހަކަ އެވެ. އެއީ ދުވަސްވުމުން އުފެދޭ ރޫތައް، ހަމުގެ އާލާކަން ގެއްލުމާއި، އަދި ހަމުގެ ކުލަ ބަދަލުވުން ފަދަ އެތައް މައްސަލަތަކަކުން ރައްކާތެރިވުމަށް އޮތް އެންމެ ފުރަތަމަ ދިފާއީ ފިޔަވަޅަށްވާތީއެވެ.
މީރާގެ ސޯޝަލް މީޑިއާ ޕޯސްޓުތަކާއި ޔޫޓިއުބް ވީޑިއޯތަކުގައި، އޭނާގެ ހަން ދުޅަހެޔޮކޮށް އަދި ވިދާވިދައި ބެހެއްޓުމަށްޓަކައި މާމުއި، ރީނދޫ، އަދި ގްރާމް ފްލާ (ބޭސަން) ފަދަ ގުދުރަތީ ފަރުވާތަކާއި ބާވަތްތަކަށް ބަރޯސާވާ ވާހަކަވެސް ދައްކާފައިވެއެވެ.
އޭނާ ވަނީ މޭކަޕްގެ ބަދަލުގައި ހަމުގެ ފަރުވާއަށް އިސްކަންދޭ ވާހަކަވެސް ދައްކާފައެވެ. މިގޮތުން އަމާޒުކުރަނީ ހަމުގައި ހުންނަ އުނިކަންތައްތައް ފޮރުވުމަށް މޭކަޕަށް ބަރޯސާވުމުގެ ބަދަލުގައި ދުޅަހެޔޮ އަދި އާލާކަންހުރި ހަމެއް ހޯދުމަށެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި މަދުން މޭކަޕް ކުރުމާއެކު، ގުދުރަތީ، ފަސޭހަކަމާއެކު ހެދޭ، އަދި މޭކަޕް މާގިނައިން ކޮށްފައިވާކަން ނުފެންނަ ގޮތަށް އޭނާގެ ސިފަތައް ފާހަގަކޮށްދޭ ލުކެއް ހޯދުމަށް އިސްކަންދިނުން މުހިންމުކަމަށެވެ.
ހަމުގެ ފަރުވާގެ އާދަތަކުގެ އިތުރުން، މީރާ ވަނީ އޭނާގެ ހަން ތެތްކޮށް އަދި ފުރިހަމަކޮށް ބެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް ފެން ބޯކަމާއި، އަދި އޭނާގެ ހަން އާކޮށް އަދި މަރާމާތުކުރުމަށް އެހީތެރިވުމަށްޓަކައި އެކަށީގެންވާ ވަރަށް ނިދާކަންވެސް ފާހަގަކޮށްފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް