ކުރީ ސަރުކާރުގެ ތެރޭ 2023 ވަނަ އަހަރު ނިމުނު އިރު، ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން އޮތީ ދެ ބިލިއަން ރުފިޔާއިން ދަރުވާލައިފައި ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަންގެ ފްލީޓަށް އޭ-330 ގެ ވައިޑް ބޮޑީ ފުލައިޓެއް އިތުރުކުރުން ފާހަގަކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، ގައުމީ އެއާލައިން 2000 ވަނަ އަހަރު ފެށީ، ސަރުކާރުގެ ހަތަރު މިލިއަން ރުފިޔާގެ ޕެއިޑް އަޕް ކެޕިޓަލަކުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، 2018 ވަނަ އަހަރު ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މުދަލުގެ އަގަކީ 2.8 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އެ އަހަރު އެ ކުންފުނީގެ އާމްދަނީއަކީ ދެ ބިލިއަން ރުފިޔާ ކަމަށާއި ސާފު ފައިދާއަކީ 89 މިލިއަން ރުފިޔާ ކަމަށެވެ.
"ނަމަވެސް 2023 ނިމުނުއިރު ފަސް އަހަރު ދުވަހުން ކުންފުނި އޮތީ ދެ ބިލިއަނަށް ވުރެ ބޮޑު ދަރަނީގައި" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، 2023 ވަނަ އަހަރު ނިމުނުއިރު މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ހަތަރު މަތިންދާ ބޯޑު އޮތީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ.
ކުރީ ސަރުކާރުން ބޮޑެތި އަދަދުތަކުން ކްރެޑިޓް ދޫކޮށްފައިވާ ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަދު ގެނައި އޭ 330 އާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސޯދީ ހަރަކާތްތައް އިތުރުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު