ސައުދީން ޕާކިސްތާނަށް 100 ޓަނުގެ ކަދުރު ހަދިޔާ ކޮށްފިއެވެ.
ސައުދީން ޕާކިސްތާނަށް 100 ޓަނުގެ ކަދުރު ހަދިޔާކުރަން ނިންމާފައިވާކަން ރިޕޯޓުކޮށްފައި ވަނީ ސައުދީ ސަރުކާރުގެ ރަސްމީ ނޫސްތަކުންނެވެ.
ސައުދީން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބަސަޑަރު ނަވާފް އަލް މަލްކީ ވަނީ ސައުދީން އެ ކަދުރު ހަދިޔާކުރިކަމުގެ ލިޔުން ޕާކިސްތާނަށް ހަވާލުކުރައްވައިއެވެ. އެ ރަސްމިއްޔާތު ބާއްވާފައިވަނީ ޕާކިސްތާނުގައި ހުންނަ ސައުދީ އެމްބަސީގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ރަސްމިއްޔާތުގައި ނަވާފް އަލް މަލްކީ ވަނީ ސައުދީ ރަސްގެފާނާއި ވަލީއަހުދުގެ މި އިސްނެންގެވުމާ ގުޅިގެން، އެކި ގައުމުތަކަށް ވެދެއްވާ އެފަދަ އެހީތަކަށް ޝުކުރު ދަންނަވައިފައެވެ.
ޕާކިސްތާނުގެ ފަރާތުން އެ ހަދިޔާއާ ހަވާލުވެވަޑައިގެންނެވީ ކެބިނެޓް މެންބަރު އަލަމްގީރް އައްޔޫބް އެވެ.
ސައުދީން ކޮންމެ އަހަރެއްގެ ރޯދަމަހާ ގުޅުވައިގެން، ބޭރުގެ ގައުމުތަކަށް ހާއްސަކޮށް މުސްލިމުން ގިނަ ގައުމުތަކަށް ކަދުރު ހަދިޔާ ކުރެއެވެ. އެގޮތުން ރާއްޖެއަށްވެސް ކޮންމެ އަހަރަކު ސައުދީން ކަދުރު ހަދިޔާ ކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ