ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ފަޔާޒު މަންސޫރު ހަމަޖައްސައިފިއެވެ.
މިއީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މި ވެރިކަމުގައި ބޭފުޅަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
އޭނާ އެ މަގާމަށް ހަމަޖެއްސިކަން އެޗްޑީސީގެ ވެބްސައިޓުގައި މިހާރު ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެޗްޑީސީގެ މީޑިއާ އޮފިސަރުންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ފަޔާޒު އެ މަގާމަށް އައްޔަން ކުރެއްވި ސީދާ ދުވަހެއް އަދި ސާފެއް ނުވެއެވެ.
ފަޔާޒު ވަނީ އޮސްޓްރޭލިއާގެ ކުއީސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން ކުއަންޓިޓީ ސާވޭއިން ބެޗްލާސް އޮފް އާޓްސް އެންޑް ސައިންސަސް އަދި ނިއު ޒިލެންޑްގެ ވިކްޓޯރިއާ ޔުނިވާސިޓީ އޮފް ވެލިންގްޓަން އިން ބިލްޑިން ސައިންސް އިން މާސްޓާސް ހާސިލުކުރައްވައިފައެވެ.
އޭނާ 1996 އަހަރުން ފެށިގެން މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދެވީ ކުރެހުމާއި ޑިޒައިންކުރުމުގެ މަސައްކަތްކުރާ ކުންފުންޏެއް ކަމަށްވާ ގެޑޯ ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރެއްގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު