ތިނަދޫ ސިޓީ ކައުންސިލާ ދެކޮޅަށް އެ ސިޓީގެ ރައްޔިތުންތަކެއް އިހުތިޖާޖުކޮށްފިއެވެ.

ތިނަދޫ ކައުންސިލް އިމާރާތް ދޮރުމަތީގައި މިއަދު މެންދުރު، 15 ވަރަކަށް މީހުން ވަނީ، ކައުންސިލާ ދެކޮޅަށް އިހުތިޖާޖުކޮށް، މޭޔަރު ސައުދު އަލީގެ އިސްތިއުފާއަށް ގޮވައިފައެވެ.

އިހުތިޖާޖުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ފާޅުކުރީ އެ ސިޓީގެ ފާލަން ނުނިމި ލަސްވާތީ އެކަމުގެ ކަންބޮޑުވުމާއި، ފްލެޓްތަކަށް ފެން ނުލިބުމާއި ފްލެޓްތައް ނުހައްގުން ދިން ކަމަށްބުނެ އެކަމުގެ ކަންބޮޑުވުމެވެ.

މީގެ އިތުރުން ކައުންސިލުން ވައްކަމާއި ކޮރަޕްޝަން ހިންގާ ކަމަށްވެސް ތުހުމަތު ކުރިއެވެ.

އެނގިފައިވާ ގޮތުގައި އެ އިހުތިޖާޖު، މިއަދު މެންދުރުފަހު ވަނީ ނިންމާލައިފައެވެ.