ނިކީ މިނާޖްގެ ކުރީގެ މެނޭޖަރު، ބްރެންޑަން ގެރެޓް ހުށަހެޅި ދައުވާއެއްގައި އަނިޔާވެރިކަމާއި މާރާމާރީގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެން މިނާޖްގެ މައްޗަށް ޖިނާއީ ދައުވާތަކެއް ކުރެވިދާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރު އޭޕްރިލްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާގައި ހިމެނޭ މިރާޖް އަކީ ބާބީ ވޯލްޑް ލަވަވެސް ކިޔާފައިވާ މިނާޖްގެ ކޮންސެޓް ޓުއާގެ އޭނާގެ ދުވަހުން ދުވަހަށް ކަންކަން ބަލަހައްޓާ މެނޭޖަރެވެ. ގެރެޓް ބުނާ ގޮތުގައި، މިނާޖް ވަނީ ޕަރފޯމަންސެއްގެ ފަހުން އޭނާގެ ޑްރެސިން ރޫމްގައި، އެހެން މުވައްޒަފުންގެ ކުރިމަތީގައި ގެރެޓްއަށް ހަޅޭއްލަވައި، ޖިސްމާނީގޮތުން އަނިޔާކޮށްފައެވެ.
ގެރެޓްގެ ދައުވާގައި ބުނާ ގޮތުން، މިނާޖްގެ ބޭސްސިޓީއެއް ނަގަން އެހެން މީހަކު ފޮނުވާފައިވާކަން އެނގުމުން މިނާޖް ވަރަށް ބޮޑަށް ރުޅިއައިސް، އޭނާގެ މޫނުމަތީގައި ތަޅައި އަނިޔާކޮށްފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި، ފުލުހުން މިހާރު ވަނީ މިނާޖް ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައެވެ. އަމުރާމެދު ގޮތެއް ނިންމުމުގެ ދިރާސާތައް މިހާރު ދަނީ ކުރިޔަށެވެ.
ގެރެޓް މިހާރު އަންނަނީ އޭނާއަށް ލިބުނު މަދަނީ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން