ދެކުނު ކޮރެއާގެ ރައީސް ހައްޔަރުކުރުމަށް ފުލުހުން ދިއުމުން ހުއްޓުވައިފިއެވެ.

ދެކުނު ކޮރެއާގެ ގާނޫނުހަދާ މަޖިލީހުން ވޯޓު ނަގައި މަގާމުން ދުރުކޮށްފައިވާ އެ ގައުމުގެ ރައީސް ޔޫން ސުކް ޔެއޮލް ހައްޔަރުކުރުމަށް ކޯޓުން އަމުރުކުރުމާއެކު އެ އަމުރު ތަންފީޒުކުރުމަށް ސިފައިން ވަނީ ނުކުމެފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޔޫން ދިރިއުޅުއްވާ ގެކޮޅަށް ވަނުމަށް ފުލުހުން އިއްޔެ ކުރި މަސައްކަތް ނާކާމިޔާބުވެފައިވަނީ ގެކޮޅު ބޭރުގައި ހަރަކާތްތެރިވާ އޭނާގެ ސެކިއުރިޓީ ޓީމުން އެކަން ހުއްޓުވުމުންނެވެ.

ޔޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަނީ ކޮން ފަރާތަކުން ކަމެއް އޮފިޝަލުން ހާމަކޮށްފައި ނުވީި ނަމަވެސް، ފުލުހުން ހުއްޓުވުމުން އިތުރަށް ކުރިއަށް ގެންދެވޭނެ މަގެއް ނުފެނުމުން ފުލުހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުންގެ އިންވެސްޓިގޭޝަން ޓީމުން ބުނެފައިވަނީ ސެކިއުރިޓީން ތިބީ ހަތިޔާރާއެކު ކަމަށާއި އެހެންކަމުން ކުރިމަތިލުމަކަށް ގޮސް ރައްކާތެރިކަމަށް ހުރަސް އެޅިދާނެ ކަމަށް ފެނުމުން މަސައްކަތް ހުއްޓާލާއި އެތަން ދޫކޮށް ގޮސްފައިވާ ކަމަށެވެ.