ޖެޖޫ އެއާގެ ފުލައިޓަކަށް އަނެއްކާވެސް މައްސަލައެއް ދިމާވެ ޑައިވާޓްކޮށްފިއެވެ.
ޖެޖޫ އެއާގެ އިތުރު ފުލައިޓަކަށް މައްސަލަ ދިމާވެފައި މިވަނީ، މިދިޔަ އާދިއްތަ ދުވަހު ޖޭޖޫ އެއާލައިންގެ ފުލައިޓެއް ރަންވޭގައި ޖެއްސުމާއެކު ހިނގި ހާދިސާގައި އެ ފުލައިޓުން ދަތުރު ކުރި 179 މީހުން މަރުވިތާ 24 ގަޑިއިރު ނުވަނީހެވެ.
ޖެޖޫ އެއާލައިންގެ ފުލައިޓު ދެކުނު ކޮރެއާގެ ޖެޖޫ އައިލެންޑަށް ދަތުރުކުރުމަށް އެގައުމުގެ ގިމްޕޯ އިންޓަނޭޝަނަލް އެއާޕޯޓުން ފުރިތާ އިރުކޮޅެއްގެ ތެރޭގައި އެ ފުލައިޓުގެ ލޭންޑިން ގިއާގައި (ރަންވޭގައި ފްލައިޓު ޖެއްސުމަށް ބޭނުންކުރާ ފޮރޮޅުލާފައި ހުންނަ ހާއްސަ އާލާތް) މައްސަލައެއް ކުރިމަތިވުމާއެކު ފުލައިޓު ވަނީ އެނބުރި ގިމްޕޯއަށް ޖައްސައިފައެވެ.
ޖެޖޫ އެއާއިން ބުނެފައިވަނީ ފުލައިޓު ނައްޓާލުމާއެކު އެ ފުލައިޓުގެ މޮނިޓަރިން ސިސްޓަމުން ލޭންޑިން ގިއާގެ ސިގްނަލް ލައިޓު ދިއްލެން ފެށި ކަމަށާއި އެ މައްސަލައިގެ ސަބަބުން ގްރައުންޑް ކޮންޓްރޯލާ މައުލޫމާތު ހިއްސާކުރި ކަމަށެވެ.
އިއްޔެ ހިނގި އެ ހާދިސާގައި ފުލައިޓަށް ދިމާވި މައްސަލަ ފެންމަތިވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ދަށުން އެ ފުލައިޓު ވަނީ އެނބުރި ގިމްޕޯއަށް ޖައްސައިފައެވެ. އަދި ފުލައިޓު އަލުން ބެލުމަށްފަހު އޮޕަރޭޝަނަށް ނެރެފައިވާ ކަމަށް އެއެއާލައިނުން ފާހަގަކޮށްފައިވެއެވެ.
ދެކުނު ކޮރެއާގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި، ހާދިސާއަށްފަހު އޭގެން ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރުންގެ ތެރެއިން 21 މީހަކު ވަނީ އަމިއްލައަށް އެދިގެން އެހެން ފުލައިޓަކަށް ބަދަލުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ