ޖެޖޫ އެއާ ފުލައިޓުން މަރުވި މީހުންގެ އަދަދު 179 އަށް އަރައިފިއެވެ.
ޖުމުލަ 181 މީހުންނާއެކު ބެންކޮކުން ދެކުނު ކޮރެއާގެ މުއާންއަށް ދަތުރުކުރި ފުލައިޓު ރަންވޭގައި ޖެއްސުމާއެކު ވަނީ ގޮވައިފައެވެ. ފުލައިޓު ޖެއްސި މަންޒަރު ފެނުނު ވީޑިއޯއިން ފެންނަގޮތުން ފުލައިޓު ރަންވޭގައި ޖައްސާފައިވަނީ ލޭންޑިން ގިއާ ނުޖައްސައެވެ.
އާދިއްތަ ދުވަހު ހިނގި އެ ހާދިސާގައި ފުލައިޓުން ދަތުރުކުރި 175 ފަސިންޖަރުންނާއި ހަތަރު ކުރޫއިން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އެ ހާދިސާގައި ސަލާމަތް ވެފައިވަނީ ދެ ކުރޫއިން ކަމަށާއި އެތަނުން އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ފުލައިޓު ވެއްޓުނު ހާދިސާ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ފަށާފައިވާ އިރު، މިހާތަނަށް ވަނީ ފުލައިޓު ޖައްސަން އައި ވަގުތު ދޫނިތަކެއްގައި ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފުލައިޓުގެ ކަޅުފޮށި ހޯދިފައިވީ ނަމަވެސް، އެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި ޑޭޓާތައް އެއްކޮށް ހާމަކުރުމަށް ގިނަ ދުވަސް ނަގާނެ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ފުލައިޓަށް ދޫނީގެ ހަމަލާ އެރުމާއެކު އިމަޖެންސީގައި ފުލައިޓު ޖެއްސުމަށް އެދުނު ކަމަށާއި އެކަމަށް ތައްޔާރުވަމުން އަންނަނިކޮށް ފުލައިޓުގެ ޕައިލެޓު ވަނީ ނުރައްކަލުގެ އިންޒާރެއްދީ އަވަހަށް ޖެއްސުމަށް އެދިފައި ކަމަށެވެ. އަދި ފުލައިޓު އިމަޖެންސީގައި ޖެއްސުމަށް ކޮންޓްރޯލު ޓަވަރުން އިރުޝާދު ދީފައިވުމާއެކު ފުލައިޓު ޖެއްސީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ