އާ އަހަރުގެ ފެށުން ކުލަގަދަކޮށް ފާހަގަކުރުމަށް ފުޑް ފެސްޓިލަކާއެކު ހާއްސަ ޑްރޯން ޝޯއެއް ބޭއްވުމަށް އެމްއެމްޕީއާރުސީން ނިންމައިފިއެވެ.
އެމްއެމްޕީއާރުސީން ބުނީ އާ އަހަރު ފާހަގަކުރުމަށް "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް"ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތްތައް ކުރިއަށްދާނީ މި މަހުގެ 31 އަދި ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު، ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކަމަށެވެ.
އެ ފެސްޓިވަލްގެ ތެރެއިން ދިވެހި ސަގާފީ ފުޑް ފެސްޓިވަލަކާއި 15 މިނެޓުގެ ޑްރޯން ޝޯއަކާއި ދިވެހި ސަގާފަތް ދައްކާލުމުގެ ހަރަކާތްތަކުގެ އިތުރުން އާ އަހަރުގެ ހަވާ އެރުވުން އޮންނާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެމްއެމްޕީއާރުސީން ބުނީ ޑްރޯން ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 9:00 ގައި ކަމަށާއި ހަވާ އަރުވާނީ އެ ރޭ 12:00 ގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު