ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަހީދު އިބްރާހިމް އެ މަގާމުން ވަކިކޮށްފިއެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ޝަހީދު މަގާމުން ވަކިކުރިކަމުގެ ސިޓީ މިއަދު ވަނީ އޭނާއަށް ރައްދުކޮށްފައެވެ. ނަމަވެސް އެކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޝަހީދު މަގާމުން ވަކިކުރި އިރު، އޭނާ މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނޫނެވެ.
ޝަހީދު ވެމްކޯގެ ޑީއެމްޑީއަކަށް އައްޔަނުކުރީ މި އަހަރުގެ އޭޕްރިލް ފަހުކޮޅެވެ. ޝަހީދުގެ އިތުރުން ދެން ޑީއެމްޑީގެ މަގާމުގައި ހުންނަވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެ މަގާމަށް އައްޔަންކުރި އިބްރާހިމް ނާއިފެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު