ދިރާގުން އެ ކުންފުނީގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ކަމަށްވާ "މިނިވަންކަން މަތީ އަބަދަށް" އިއްޔެ ނެރެފިއެވެ.
ދިރާގުން ބުނީ އެ ކަލަންޑަރު ނެރުނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ކަމަށެވެ.
ހުޅުމާލޭގެ ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ބޭއްވި ބައްދަލުވުމެއްގައި ދިރާގުގެ ކަލަންޑަރު އިފްތިތާހުކޮށްދެއްވާފައި ވަނީ އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލާއި އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން، އަހުމަދު ނާސިފެވެ. ކަލަންޑަރު އިފުތިތާހުކޮށްދެއްވުމަށްފަހު ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު، އިސްމާއިލް ރަޝީދު ވަނީ މައުރޫފަށާއި ނާސިފަށް، ދިރާގުގެ ކަލަންޑަރެއް ހަދިޔާ ކުރައްވައިފައެވެ.
ދިރާގުން ބުނީ "މިނިވަންކަން މަތީ އަބަދަށް" 2025ގެ ކަލަންޑަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލާފައިވާ ކަލަންޑަރެއް ކަމަށެވެ. ދިރާގުން ބުނީ އެ ކަލަންޑަރުގެ ކޮންމެ މަހެއްގައި ވެސް ދިވެހި ސަގާފަތާއި އާދަކާދަތަކާ ގުޅުވައިފައިވާ، ގައުމިއްޔަތު ރަމްޒުކޮށްދޭ ނިޝާނެއް ދައްކައިދޭނެ ކަމަށެވެ. މީގެ އިތުރުން ކޮންމެ މަހެއްގައި ދައްކުވައިދޭ ނިޝާނާ ބެހޭ ވީޑިއޯއެއް ވެސް ނެރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ވީޑިއޯގައި އެކަމާ ބެހޭ އިތުރު މައުލޫމާތު ހިމެނިފައިވާއިރު އެއީ ދިވެހި ތާރީހާއި ތަރިކަތައް އިތުރަށް އުނގެނުމަށް ބޭނުންތެރި ވަސީލަތަކަށް ވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ކަލަންޑަރާ ގުޅޭގޮތުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު، އިސްމާއިލް ރަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިރާގުގެ 2025 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހުކުރުމަކީ ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށެވެ.
"މި ކަލަންޑަރުން އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި މުއްސަނދި ތާރީހު ރަމްޒުކޮށްދޭ ނިޝާންތަކަށް އަލިއަޅުވައިލައި، ދިވެހީންގެ ސަގާފަތާއި ހަރުދަނާކަމާއި، އެއްބައިވަންތަކަން ދައްކުވައިދޭނެ." އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 2004 ވަނަ އަހަރުގެ އިންޑިޔާ ކަނޑުގެ ސުނާމީ ކާރިސާއަށް 20 އަހަރު ފުރިފައިވާއިރު މައުރޫފަކީ އެ ކާރިސާގެ ދަނޑިވަޅުގައި ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަން ކަމަށެވެ.
ސުނާމީ ކާރިސާއަށް ފަހު ގެއްލުން ލިބުނު މުއާސަލާތީ ވިއުގައިގެ ބައިތައް އަލުން މަރާމާތުކޮށް، ރަށްރަށުގައި މުވާސަލާތީ ހިދުމަތްތައް އަވަސްގޮތެއްގައި އަލުން ގާއިމުކުރުމަށް ދިރާގުން އަދާކުރި މުހިންމު ދައުރާ ގުޅޭގޮތުން އިސްމާއީލް ރަޝީދު ވަނީ ވާހަކަދައްކަވައިފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި