އިޒްލޭލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާރް ބެން-ގްވީރް، އަލް އަގްސީ މިސްކިތަށް ވަނުން ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
އިޓަމާރް ބެން-ގްވީރް އަލް އަގްސާ މިސްކިތަށް ވަދެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ވަނީ އަގްސާ މިސްކިތުގެ ކޮމްޕައުންޑުގައި ޔަހޫދީ ސިނަގޯގެއް ހަދާނެ ކަމަށް ބުނެފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިޒްރޭލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު، އަގްސާ ވަދެގަތުން ރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ.
މިނިސްޓްރީން ބުނީ މިއީ އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން އެފަދަ ތަންތަނުގެ ދީނީ އަދި ތާރީހީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިޒްރޭލުން ކުރަމުންދާ އަމަލެއް ކަމަށެވެ. އަދި ބުނީ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.
"މިއީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއެކު ދުނިޔޭގެ ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލެއް،" މިނިސްޓްރީން ބުންޏެވެ.
މިފަދަ އަނިޔާވެރި އަމަލުތައް ހިންގުން ހުއްޓުވުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުން ކަށަވަރުކުރުމަށް ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް މިނިސްޓްރީން ވަނީ ގޮވާލައިފައެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު