2024 ވަނަ އަހަރަކީ ސޯޝަލް މީޑިއާ ފީޑްތަކުގައި ފެޝަން މޮމެންޓްތަކާއި ޓްރެންޑްތައް ފާހަގަކޮށްލެވުނު އަހަރެކެވެ. އެއީ ސެލެބްރިޓީން ފިލްމު ޕްރިމިއަރުތަކުގައި މެތަޑް ޑްރެސިންއަށް އަހުލުވެރިވުން ކަމުގައިވިޔަސް، ނުވަތަ ވަކި ފެހި ކުލައެއް ކޮންމެ އެއްޗެއްގައި ބޭނުންކުރުން ކަމުގައިވިޔަސް - ޕޮޕް ކަލްޗަރުން ފެށިގެން ރިޔާސީ ކެމްޕޭނުތަކާ ހަމައަށެވެ.

2025 ވަނަ އަހަރު ދޮރުގައި ޓަކި ޖަހަމުންދާއިރު، މި އަހަރު ފާހަގަކޮށްލެވުނު ފަސް ފެޝަން ސްޓޭޓްމަންޓަކަށް ބަލައިލަމާތޯއެވެ.

ގްލެމަރގެ އަސާސް ބިނާވެފައިވާ، އަދި މާފަށް އެދުމެއް ނެތި އަޑުގަދަކޮށް އޮންނަ، ލައުޑް ލަގްޒަރީ ނުވަތަ މެކްސިމަލިސްޓް އެސްތެޓިކްއިން ގޮވާލަނީ 'މޯ އިސް މޯ' އެވެ. މިގޮތުން ވިސްނާލާއިރު، މުއްސަނދި ކުލަތައް، ބޯލްޑް އަދި މޫޑު މަތިކޮށްދޭ ޕްރިންޓްތަކާއި ޕެޓަންތައް، ބޮޑެތި ލޯގޯތައް، އަދި މުއްސަނދި ފޮތިތަކާއި ޓެކްސްޗަރތައް ހިމެނެއެވެ. ކެންޑަލް ޖެނަރގެ އަގުބޮޑު ފާ ޖެކެޓްތައް، ސަބްރީނާ ކާޕެންޓަރުގެ 1994 ވަނަ އަހަރުގެ ޝަނެލް ހަދާފައިވާ ފޮކްސް ފާ ސެޓް، އަދި "އެމިލީ އިން ޕެރިސް" ގެ ދެވަނަ ސީޒަންގައި އެމިލީގެ ހެދުންތަކަކީ މެކްސިމަލިޒަމް މި އަހަރު ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމުގެ ހެއްކެވެ.

ރަތް ދޫލައިން ފެށިގެން ސިޔާސަތާ ހަމައަށް، ހުރިހާ ތަނެއްގައި ފެނުނު އެއް ޓްރެންޑެއް އޮތްނަމަ، އެއީ ބްރެޓް ގްރީން - 2024 ވަނަ އަހަރުގެ ހޫނު މޫސުމުގެ މައިގަނޑު ކުލައެވެ. ކަމަލާ ހެރިސް، ނީތާ އަމްބާނީ އަދި ވިކްޓޯރިއާ ބެކަމް ފަދަ މީހުން ލައިގެން ނުކުތް، ސްލައިމް ކުލައާ ގާތް، އެސިޑް ގްރީން ކުލައިން ދައްކުވައިދިނީ މިއުޒިކުގެ ދާއިރާއިން ބޭރުގައި ވެސް މި ކުލައިގެ ނުފޫޒު އޮތް މިންވަރެވެ. ބްރެޓް ގްރީން އަކީ ހިތްވަރުގަދަ، ތޫނު އަދި މީހާގެ އެތެރޭގައި އޮންނަ ބްރެޓް (ނުކިޔަމަންތެރި ކުއްޖާ) ބޭރުކޮށްލުމާ ބެހޭ ކަމެކެވެ.

2024 ވަނަ އަހަރަކީ "އޯ ސޯ ގައުޑީ" ޕްރިންޓް އަލުން އާރާސްތުވި އަހަރެވެ. މި ޕްރިންޓް މަގުމަތީގައި ލާ ހެދުންތަކުގައި ވެސް އަދި ލަގްޒަރީ ހެދުންތަކުގައި ވެސް ބޭނުންކުރެވުނެވެ. ތަމަންނާ ބަޓިއާގެ ޕެނަލް ޖަހާފައިވާ، ލެޕާޑް ޕްރިންޓް ޖަހާފައިވާ، ކުޑަކޮށް އެމްބެލިޝްމަންޓް ޖަހާފައިވާ ހެދުމުން މިސާލު ނެގެއެވެ. ނުވަތަ ކިމް ކާޑަޝިއަންގެ ފަސޭހަ ކޯ-އޯޑް ސެޓުން މިސާލު ނަގާށެވެ. މި ސެޓުން ލެޕާޑް ޕްރިންޓަކީ ދުވާލުގެ ވަގުތުތަކުގައި ލައިގެން ނުކުތުމަށް އެކަށީގެންވާ އެއްޗެއްގެ ގޮތުގައި ދައްކުވައިދިނެވެ.

ބްރެޓް ސަމަރ އޮތް ފަދައިން، އޭގެ މުޅިން އިދިކޮޅު ޑިމިއުރ އެސްތެޓިކް ވެސް މިއަހަރު އޮތެވެ. މި ޓްރެންޑް ފެށުނީ ޓިކްޓޮކް ކްރިއޭޓަރ ޖޫލީ ލެބްރޯންގެ "ޑިމިއުރ ވުމާ" ބެހޭ ސޯޝަލް މީޑިއާ ވީޑިއޯ ވައިރަލްވުމަށް ފަހުގައެވެ. ޑިމިއުރ ވުމަކީ މަޑުމައިތިރި އަދި ސާދާ ރީތިކަމެއް ގަބޫލުކުރުމެވެ. މިގޮތުން ވިސްނާލާއިރު، ބިމުގެ ކުލަތައް، ކްލާސިކް އައިޓަމްތައް ކަމުގައިވާ ފަހާފައިވާ ފަޓުލޫނުތައް، އެންކަލްލެންތް ސްކާޓުތައް، ރަނގަޅަށް ކަނޑާފައިވާ ބްލޭޒަރުތަކާއި ފިނިމޫސުމަށް ޓްރެންޗް ކޯޓުތައް، ރީތި ބްލައުޒްތައް، ސްޓްރަކްޗަރ ކޮށްފައިވާ ހޭންޑްބޭގުތައް އަދި މަދުން ގަހަނާ ބޭނުންކުރުން ހިމެނެއެވެ.

ރަޔަން ގޮސްލިން ފަދަ ތަރިން 2023 ގައި ފެށި ކަމެއް، މިއަހަރު ވެސް ސެލެބްރިޓީންގެ މެދުގައި ފެތުރުނެވެ. އެއީ މެތަޑް ޑްރެސިން އެވެ. "މިސްޓަރ އެންޑް މިސަސް މާހީ" ޕްރޮމޯޓްކުރުމުގައި ޖާންވީ ކަޕޫރު ލައިގެން ނުކުތް ކްރިކެޓާ ގުޅުންހުރި ޕްރިންޓްތަކާއި ޕެޓަންތައް ޖަހާފައިވާ މަޖާ ހެދުންތައް؛ "ސްޓްރީ 2" ޕްރޮމޯޓްކުރުމުގައި ޝްރައްދާ ކަޕޫރު ލައިގެން ނުކުތް ރަތް ސާރީއާއި، ކަޅު ކާޖަލު އަޅާފައިވާ ލޮލާއި، ގޮށްޖަހާފައިވާ އިސްތަށިގަނޑާއި، ނޭފަތުގައި އަޅާފައިވާ ކޮކާ؛ ބްލޭކް ލައިވްލީ މާމެލާމެލީގެ ބައިތައް ހިމެނޭ ހެދުންތައް ލައިގެން ނުކުތުން؛ މެތަޑް ޑްރެސިން - ފެޝަން ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށްގެން ވާހަކަ ކިޔައިދިނުމުގެ އުކުޅު - ހޮލީވުޑް އަދި ބޮލީވުޑް ތަރިންގެ ގާތްގަނޑަކަށް ކޮންމެ ޕްރޮމޯޝަނަލް ދަތުރެއްގައި ވެސް ފެނިގެން ދިޔައެވެ.