ކޯ ބަނޭގާ ކްރޯޑުޕަތީ ޕްރޮގްރާމްގެ 16 ވަނަ ސީޒަންގައި، ބޮލީވުޑް ތަރި އަމިތާބް ބައްޗަން ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ވާހަކަދައްކައިފައެވެ. މި ޕްރޮގްރާމްގެ އެޕިސޯޑެއްގައި، އޭނާގެ އަންހެނުން، އަދި އެކްޓަރު ޖަޔާ ބައްޗަންއާ އެކު އޮންނަ ގުޅުމާ ބެހޭގޮތުންވެސް ވާހަކަދެއްކިއެވެ.
އިންޑިއާ ޗެލެންޖާ ވީކްގެ ބައިވެރިއެއް ކަމުގައިވާ ޕްރިޔަންކާ، މެދުފަންތީގެ އާއިލާތަކާ ގުޅުންހުރި މުނިފޫހިފިލުވުމުގެ ސުވާލުތަކެއް އަމިތާބާ ކުރިއެވެ. ތިރީގައި އެވަނީ އެއިން ބައެއް ސުވާލު ތަކާއި އަމީތާބު ދިން ޖަވާބުތަކެވެ.
ޕްރިޔަންކާ: އަމީތާބްގެ ގެ ވަރަށް ބޮޑު، ޓީވީ ރިމޯޓް ގެއްލިއްޖެ ނަމަ ހޯދަނީ ކިހިނެއް؟
އަމީތާބު: ސީދާ ސެޓް-ޓޮޕް ބޮކްސް ކައިރިއަށް ގޮސް އެއިން ކޮންޓްރޯލް ކުރަނީ!
ޕްރިޔަންކާ: ބައެއް ގޭގޭގައި (ހާއްސަކޮށް މެދުފަންތީގެ އާއިލާތަކުގެ ތެރޭގައި) ރިމޯޓް ގެއްލިއްޖެނަމަ، ގޭގައި ހަމަނުޖެހުން އުފެދޭ. ތިގޭގަވެސް އެކަން އެހެން ވޭތަ؟
އަމީތާބް: "ނޫން، ދޭވީޖީ، އަހަރެމެންގެ ގޭގަ އެހެނެއް ނުވޭ. ސޯފާގަ ދެ ބާލީސް އޮވޭ، ރިމޯޓް އޭގެ ތެރޭގަ ފޮރުވިފަ އޮވޭ. ހޯދަން ބަލަން ޖެހޭނީ ހަމައެކަނި އެތަން.
ޕްރިޔަންކާ: "އަހަރެން އޮފީހުން ގެއަށް ދާއިރު، މަންމަ ބުނާނެ މިރުސް ނުވަތަ އެހެންވެސް އެއްޗެއް ގަނެގެން އަންނަން. ޖަޔާ މެޑަމްވެސް އެއްޗެހި ގަނެގެން އައުމަށް އެދޭތަ؟"
އަމިތާބް: "ވަރަށް ގިނައިން އެދޭ. އޭނާ ބުނާނެ، އެކަމަކު ގިނައިން ބުނަނީ، ތިމަންނަގެ އަމިއްލަ ނަފުސު ގެއަށް ގެނެސްދޭށޭ!
ޕްރިޔަންކާ: "އޭޓީއެމް އަށް ގޮސް ފައިސާ ނަގާފަ އެކައުންޓް ބެލެންސް ޗެކްކުރަން؟
އަމިތާބް: "އަމިއްލައަށް ފައިސާ ނުބަހައްޓަން، އަދި ދުވަހަކުވެސް އޭޓީއެމްއަކަށް ނުދަން، އެއީ އޭޓީއެމް ބޭނުންކުރަންވެސް ނޭނގޭތީ. އެކަމަކު ޖަޔާގެ އަތުގަ ފައިސާ ހުރޭ. އަހަރެން ފައިސާ ހޯދަނީ ޖަޔާ އަތުން.
އަމިތާބްގެ ވާހަކައިގައި ބުނީ ޖަޔާއަށް ހުވަނދުމާ ވަރަށް ބޮޑަށް ކަމުދާ ކަމަށާއި މަގުމަތީގައި މީހުން މާ ވިއްކާއިރު، އެ ގަނެގެން، ބައެއްފަހަރު ޖަޔާއަށް ގެންދާ ކަމަށެވެ. އަދި ބައެއްފަހަރު ކާރުގައި ވެސް ބަހައްޓާ ކަމަށާއި އެއީ ވަރަށް މީރު ވަހެއް ކަމަށެވެ.
އަމިތާބާއި ޖަޔާ ކައިވެނިކުރީ 1973 ވަނަ އަހަރުއެވެ. މިހާރު އެ ކައިވެންޏަށް 51 އަހަރު ފުރިއްޖެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން