ބޮޑެތި ބޯނަސް ޑޭޓާ ތަކާއެކު 2025 ވަނަ އަހަރަށް އުރީދޫން ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.

އުރީދޫން ބުނީ، ދިގު މުއްދަތައް ބޭނުންކުރެވޭ އާޗާ ޕްރިޕެއިޑް ޑޭޓާ ޕްލޭންތަކުން ފެށިގެން ބޮޑެތި ބޯނަސް ޑޭޓާ ހިމެނޭހެން ތައާރަފު ކުރި މި އޮފާތަކަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ބޮޑު ޗުއްޓީއާއި ކުރިއަށް އޮތް އަހަރަކީ އުޖާލާ އަދި އިތުރަށް ގުޅިފައިވާ އަހަރަކަށް ހެދުމަށް ތައާރަފު ކުރި ހާއްސަ އޮފާތަކެއް ކަމަށެވެ.

  • ބޯނަސް ޑޭޓާ: ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑްގެ ބައެއް އެޑް-އޯން ތަކާއެކު 175 ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެ. މި ޑޭޓާ އެޑް-އޮންތަކުގެ ތެރޭގައި އާޗާ ޕެކްތައް، އުރީދޫ ޑޭޓާ ޕެކްތައް އަދި މަގޭ ޕްލޭންސް ހިމެނޭ.
  • ބޮޑު ޗުއްޓީއަށް ބޮޑު ޑޭޓާ: 50 ޖީބީގެ ބޯނަސް ޑޭޓާ އާއެކު 150 ރުފިޔާއަށް ލިބޭ މި ޕެކާއެކު ކަސްޓަމަރުނަށް މިހާރު 150 ޖީބީ 5 ދުވަހަށް ލިބިގެންދާނެ.
  • ބޯނަސް ޑޭޓާ އޮފާ ގަނެވޭނީ 31 ޖެނުއަރީ 2025ގެ ނިޔަލަށް. މި އެޑް-އޯންތައް އުރީދޫ އެޕް މެދުވެރިކޮށް މިހާރު އެކްޓިވޭޓް ކުރެވޭނެ

ދިގު މުއްދަތަށް ބޭނުން ކުރެވޭ އާޗާ ޕްރިޕެއިޑް ޕްލޭންތައް!

ދިގު މުއްދަތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭންތަކަކީ ގިނަ ގިނައިން ރީޗާޖު ކުރަން ނުޖެހޭނެހެން އެއް ފަހަރު އެކްޓިވޭޓް ކޮށްގެން މުޅި އަހަރަށް، ހަ މަހަށް އަދި ތިން މަހަށް ބޭނުންކުރެވޭ ޕްލޭންތަކެކެވެ.

އުރީދޫން ބުނީ، މި ޕްލޭންތައް މި އޮފާއާއި ގުޅިގެން ވަނީ އިތުރު ޑާޓާއެކު އަޕްގްރޭޑް ކުރެވިފައެވެ. އާޗާގެ މި ޕްރިޕެއިޑް ޕްލޭންތައްވެސް އުރީދޫ އެޕް މެދުވެރިކޮށް މިހާރު އެކްޓިވޭޓް ކުރެވޭނެއެވެ

  • އާޗާ އަހަރީ ޕްލޭން: ދުވާލަކު 1.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާއާއި އައިއެމްއޯ ޗެޓް މުޅި އަހަރަށް އެންމެ 2025 ރުފިޔާއަށް. ޖުމުލަ 550 ޖީބީ.
  • އާޗާ ހަ މަހުގެ ޕްލޭން: ދުވާލަކު 4.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާއާއި އައިއެމްއޯ ޗެޓް ހަ މަސް ދުވަހަށް އެންމެ 2025 ރުފިޔާއަށް. ޖުމުލަ 800 ޖީބީ.
  • އާޗާ 3 މަހުގެ ޕްލޭން: ދުވާލަކު 4.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް ތިން މަސް ދުވަހަށް އެންމެ 1100 ރުފިޔާއަށް. ޖުމުލަ 400 ޖީބީ.

އުރީދޫން ބުނީ، ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް އެ ކުންފުނިން ތައާރަފުކޮށްފައިވާ މި ހާއްސަ އޮފާތަކަކީ އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށްލައި ފިލްމް އަދި ސީރީޒްތައް ސްޓްރީމް ކޮށްލައި ގޭމު ކުޅެލާ، މެދުކެނޑުމެއްނެތި ފުރިހަމަ އިންޓަނެޓްގެ ތަޖުރިބާއެއް ހޯދައިދީ އާ އަހަރާ ގުޅިގެން ކަސްޓަމަރުންނަށް ފޯރުކޮށްދިން ހަދިޔާއެއް ކަމަށެވެ.