ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުމެއް ހަދައި، ހުށަހެޅި ކަމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައި ހުންނެވި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ފޯން ފުލުހުން ހިފަހައްޓައިފިއެވެ.
ފުލުހުން މިއަދު ބުނީ، އެ އިދާރާ އިން ތަހުގީގު ކުރަމުން އަންނަ ބިންވެރިޔާ ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން ފަޒީލްގެ ފޯން ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ފުރުން މަނާކޮށް ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ވެސް ނޫން ކަމަށް އޮތީ ކަނޑައަޅައިފައެވެ. ނަމަވެސް ގޯތި ލިބިފައިވާ ކަމަށް ބުނާ ރަޖިސްޓްރީ އާއެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް 30 ޖޫން 2024 ގައި އޭނާ އެދުނެވެ. އެ ހުއްދައަށް އެދިފައި ވަނިކޮށް ފަޒީލް ހުށަހެޅި ބިމުގެ ވަށާފާރު ރޭނުމަށް އަބްދުލްމަޖީދު މާހިރު ނަމަކަށް ކިޔާ ދިއްދޫ މީހަކުވެސް ހުށަހެޅިއެވެ.
އެހެންވެ އެ ގޯތި ލިބިފައިވަނީ ކާކަށްތޯ ބެލުމަށް އެޗްޑީސީން 24 ޖުލައި 2024 ގައި ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން 15 އޮގަސްޓް 2024 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ގޯތީގެ ފާރު ރޭނުމަށް އެދިފައިވާ ދެ މީހުންނަކީވެސް ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދިފައިވާ ބައެއް ނޫން ކަމަށެވެ. އަދި ފާރު ރާނަން އެދިފައިވާ ގޯއްޗަކީ މިނިސްޓްރީން އެއްވެސް މީހަކާ ހަވާލުކޮށްފައިނުވާ ގޯއްޗެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
އެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް ތަހުގީގު ކުރަމުން އަންނައިރު ތަހުގީގާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިޔާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފު އަބްދުﷲ ޝަރީފު ވިދާޅުވީ، ފަޒީލް ހުށަހެޅި ގޯތީގެ ރަޖިސްޓްރީއަކީ ކުރީގެ ސަރުކާރުން އޭނާއަށް ދިން ލިޔުމެއް ކަމަށް އޭނާ ވިދާޅުވާ ކަމަށެވެ. ނަމަވެސް އެއީ އަސްލު ލިޔުމެއްތޯ މިހާރު ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"ފަޒީލްއަކީ ގޯއްޗަށް ކުރިމަތިލެއްވި ފަރާތެއް. ޝަރުތު ހަމަނުވާތީ އޭނަ ލިސްޓުން ވަކިވެފައި އިން ކަމަށް. އެ ޝަކުވާ ހިފައިގެން ބައްދަލު މިކުރަނީ އަކުރަމްއާ. އަކުރަމްއާ ބައްދަލުކޮށްފައި އެ ޝަކުވާ ހުށަހެޅީ. އެ ބޭނުމުގައި ފަޒީލް އަކުރަމްއާ ބައްދަލުކުރި ކަމަށް ފަޒީލް މައުލޫމާތު ދެއްވަނީ،“ ޝަރީފު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު