ލީބިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ޕްރެޒިޑެންޝަލް ކައުންސިލުގެ ރައީސް މުޙައްމަދު ޔޫނުސް އަލް މަންފީއަށާއި އެ ގައުމުގެ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރު އަބުދުލްހާމިދު މުހައްމަދު އަލް ދަބީބާއަށް، ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސް ވަނީ ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ގައުމުގެ އިސް ވެރިންނާއި ރައްޔިތުންނަށް، އުހުއްވަތްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައި ކަމަށެވެ.
ރައީސް ވަނީ، ލީބިޔާގެ ރައީސާއި ބޮޑުވަޒީރު ފުރިހަމަ ސިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ތަރައްގީ އާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ލީބިޔާގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހެވެ. ދިވެހިރާއްޖެ އާއި ލީބިޔާ އާ ދެމެދު ދާހިލީ ގުޅުން ގާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު