ބީއެމްއެލް 48 ވަނަ ގައުމީ ފެތުމުގެ މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން މުހައްމަދު ރިހާން ޝިހާމާއި ހަމްނާ އަހުމަދު ހޯދައިފިއެވެ.
މިފަހަރު ގައުމީ ފެތުމުގެ މުބާރާތުގައިވެސް ޖޫނިއާ އަދި އޯޕަން ބައިގެ އިވެންޓްތައް ކުރިއަށް ގެންގޮސްފައިވާ އިރު، ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ރިހާން ހޯދީ ޖުމުލަ 105 ޕޮއިންޓާއެކުގައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރީ އަލީ އިމްއާނެވެ. އޭނާ ވަނީ 95 ޕޮއިންޓް ހޯދައިފައެވެ. ފިރިހެން ތިންވަނަ ހޯދި ދާއިން އަހުމަދު ޝަފީގަށް ޖުމުލަ ލިބުނީ 85 ޕޮއިންޓެވެ.
އަންހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހަމްނާ ހޯދީ 100 ޕޮއިންޓާއެކުގައެވެ. މިވަގުތު ރާއްޖެއިން ބޭރުގައި ތަމްރީނުތައް ހަދަމުންދާ ހަމްނާ އެއްވަނަ ހޯދި އިރު، އޭނާއާ އެންމެ ގާތުން ވާދަކޮށް، ދެވަނަ ހޯދީ ޒައިނަބު އަބްދުލް ޝަފީގެވެ. ޒައިނަބަށް ލިބުނީ 90 ޕޮއިންޓެވެ. ދެވަނަ ރަނަރަޕެއްގެ ގޮތުގައި ތިންވަނަ ހޯދި މެރަލް އައިން ލަތީފެވެ. އެއީ 80 ޕޮއިންޓާއެކުގައެވެ.
މިފަހަރު މުބާރާތުގެ ޗެމްޕިއަން ފިރިހެން ޓީމަކީ ފީނާ ސްވިމިން އެކަޑެމީއެވެ. ދެވަނައަކީ ނިއު ލެގޫންސް ސްވިމިން ކްލަބެވެ. އަދި ތިންވަނަ ހޯދީ މޯލްޑިވްސް ލައިފްގާޑަ އެސޯސިއޭޝަނެވެ. އަންހެން އެންމެ މޮޅު ޓީމަކީ ދި ސްޕޯޓްސް ކްލަބެވެ. ދެވަނަ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން ހޯދި އިރު، ތިންވަނަ އަކީ ނިއު ލެގޫންސް ސްވިމިން ކްލަބެވެ.
ގައުމީ ސްވިމިން މުބާރާތުގެ އީއޭޑީ ކެޓަގަރީގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މޫސާ ޖާއިޝް ސަނައުﷲ ޝަކީބެވެ. އަދި ފިރިހެން ޖޫނިއާ ޗެމްޕިއަނަކީ ޒުކައިން އަބްދުﷲ ހަނީފެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން