ދޫނި ރޯގާގެ ނުރައްކާ ބޮޑުވެ ކެލިފޯނިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާނު ކުރެއްވީ، އެމެރިކާގެ ކެލިފޯނިއާގެ ގަވަރުނަރު ގަވިން ނިއުސަމް އެވެ. ދޫނި ރޯގާގެ ކޭސްތަކެއް އެމެރިކާގެ ހަ ސްޓޭޓަކުން ފެނިފައިވާއިރު އެގައުމުގެ ލޫއިސިއާނާއިން ވަނީ އިންސާނެއްގެ ހަށިގަނޑުން ވެސް ދޫނި ރޯގާގެ އަސަރު ފެނިފައެވެ. މިއީ އެގައުމުން އިންސާނެއްގެ ހަށިގަނޑުން ދޫނި ރޯގާ ފެނުނު ފުރަތަމަ ފަހަރެވެ.
ކެލިފޯނިއާގެ ދެކުނު ސަރަހައްދުގެ ޖަނަވާރުތަކުން ދޫނި ރޯގާގެ ގިނަ ކޭސްތަކެއް އިއްޔެ ފެނި އިދާރާތަކުން ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ކެލިފޯނިއާގައި ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު އެފަދަ ހާލަތަކަށް އެ ސްޓޭޓް ބަދަލުކުރުމުން އިތުރު ވަސީލަތްތަކެއް ބޭނުން ކުރުމުގެ ހުއްދަ ލިބިގެންވާކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅިގެން ދާނެ ކަމަށްވެސް ގަވަރުނަރު ފާހަގަކުރައްވައެވެ.
އެމެރިކާގެ އެކި ސަރަހައްދުތަކުން 2022 ވަނަ އަހަރުން ފެށިގެން ދޫނި ރޯގާގެ ކޭސްތަކެއް މަދުމަދުން ފެންނަމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ