ދިރާގުގެ "ލިމިޓެއްނެތް 30 އެމް" ނުވަތަ އެއަށްވުރެ މަތީ ޕެކޭޖަކަށް އަޕްގްރޭޑްކޮށް ކޮންމެ ހަފުތާއަކު ސްމާޓް ޓީވީއެއް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
ދިރާގުން ބުނި ގޮތުގައި އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.
އެ ޕްރޮމޯޝަންގައި ލިމިޓެއްނެތް 30އެމް ޕެކޭޖު ނުވަތަ އެއަށްވުރެ މަތީގެ ޕެކޭޖަކަށް އަޕްގްރޭޑްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ނަސީބުވެރިއަކު ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ. އަދި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުން އަންނަ އަދި އަލަށް ދިރާގާ ގުޅޭ ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތައް އެ ގުރުއަތުގައި އޮޓޮމެޓިކްކޮށް ބައިވެރިކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ، އެ ޕްރޮމޯޝަންގެ ކޮންމެ ނަސީބުވެރި ފަރާތަކަށް އިނާމެއްގެ ގޮތުގައި 65 އިންޗީގެ ސްކައިވޯތު – ޔޫއެޗްޑީ 4ކޭ ސްމާޓް ޓީވީއެއް ލިބިގެންދާނެ ކަމަށެވެ.
ދިރާގުގެ ލިމިޓެއްނެތް ޕެކޭޖުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް ފެތޭ، ލިމިޓެއްނެތި ސްޓްރީމްކޮށް، ގޭމް ކުޅެ އަދި ބްރައުސްކުރުމަށް އެންމެ ފުރިހަމަ ޕެކޭޖުތަކެކެވެ. އެގޮތުން އެ ތަފާތު ޕެކޭޖުތައް މެދުވެރިކޮށް ދިރާގު ކަސްޓަމަރުންނަށް ކުރިއަށްވުރެ ރަނގަޅު ފެންވަރުގެ އިންޓަނެޓް ހިދުމަތް އެކި ސްޕީޑްތަކާއި ހުސްނުވާ ޑޭޓާ އެލަވަންސްތަކާއެކު ލިބިގެންދާނެއެވެ.
ދިރާގުގެ ޕްރޮމޯޝަން އަދި ލިމިޓެއްނެތް ފައިބާ ބްރޯޑްބޭންޑް ޕެކޭޖުތަކާ ބެހޭ އިތުރު މައުލޫމާތު https://bit.ly/UpgradeAndWin އިން ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު