ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުން އަންނަ ފްރާންސްގެ އާއިލާ ރާއްޖެއިން ފުރުވައިލަން ނިންމާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފްރާންސަށް ނިސްބަތްވާ ހަ މީހުންގެ އާއިލާގެ މައުލޫމާތު މި އަހަރުގެ ޖުލައި 18 ގައި 'އިމިގްރޭޝަން ވޮޗް' އަށް ލިބުމާއި ގުޅިގެން އެ މައްސަލަ ބެލުމަށްފަހު މި އަހަރުގެ އޮކްޓޯބަރު 23 ގައި އެ މައްސަލައިގައި ހިމެނޭ އިސް ފަރާތް އިމިގްރޭޝަނަށް ހާޒިރުކުރި ކަމަށެވެ.
އަދި އެ އާއިލާގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ އެ އާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓްރީ ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
"އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ،" ޝަމްއާން ވިދާޅުވިއެވެ.
ފްރާންސްގެ ދެމަފިރިންނާއި އޭރު އެ މީހުންގެ ތިބި ތިން ކުދިންނާއެކު ރާއްޖެ އައީ މީގެ 12 އަހަރު ކުރިން ތިން މަސް ދުވަހުގެ ޓޫރިސްޓު ވިސާގައެވެ. އެ މީހުން މިހާރު ދިރިއުޅެމުންދަނީ ތ. ވޭމަންޑޫގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު